ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްއޯއީ ކޮމެޓީންވެސް ޝުޖާއު ވަކިކޮށްފި

sujaa
STO_Ads
TTH_Ads
Maldivian_Ads
Advertisement

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީން ވެސް ވަކިކޮށްފި އެވެ.

ޝުޖާއުގެ ބަދަލުގައި އެކޮމެޓީއަށް އައްޔަނުކޮށްފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.

ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރު ކުރި ކަމަށް ބުނާ ރިޕޯޓެއް ލީކުވި މައްސަލަ ފުލުހުން ބަލަން ފަށާފައިވަނިކޮށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީންވެސް އިއްޔެ ވަނީ ޝުޖާއު ވަކިކޮށްފައެވެ.

HajjCop_ads
Advertisement

އެފްއައިޔޫ އިން ތައްޔާރު ކުރި އެ ރިޕޯޓުގެ މައްސަލަ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ވަނީ ބުނެފަ އެވެ.

އެ ރިޕޯޓް އާންމުވެފައިވަނިކޮށް އެފްއައިޔޫގެ ހެޑްގެ މަގާމުގައިހުރި އަބްދުﷲ އަޝްރަފް ވަނީ އެމްއެމްއޭގެ ރިސްކް އެންޑް ކޮމްޕަލަޔަންސްގެ ހެޑްގެ މަގާމަށް ބަދަލުކޮށްފައެވެ. އަދި އެފްއައިޔޫގެ ހެޑްގެ މަގާމަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފައެވެ.

އެސްއޯއީ ކޮމެޓީ އަކީ ދައުލަތުން ހިންގާ ނުވަތަ ދައުލަތުން ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އިދާރާތައް ހިންގަމުންދަނީ، ނުވަތަ ހިންގަނީ ހަރުދަނާ ވިޔަފާރި އުސޫލުންތޯ ބެލުމާއި، އެ އިދާރާތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެއިދާރާތަކުން މަސައްކަތްކޮށްފައިވޭތޯ ބެލުމާއި، އެ އިދާރާތަކުގެ މާލީ ހާލަތު ދަނީ އަހަރުން އަހަރަށް ހަރުދަނާ ވަމުންތޯ ނުވަތަ ނިކަމެތި ވަމުންތޯ ބެލުމާއި، އަދި އެ އިދާރާތަކުގެ ހިއްސާގެ ފައިދާ އަހަރުން އަހަރަށް ދައްކަމުން ގޮސްފައިވާ ގޮތް ބެލުމެވެ.

އަދި ދައުލަތުން ހިއްސާވާ ކުންފުނިތަކުގެ ނުވަތަ ދައުލަތުން ހިއްސާވާ ވިޔަފާރި އިދާރާތަކުގެ ތެރެއިން އެކަށީގެންވާ ފައިދާ ނުލިބޭ ތަންތަނުން އިސްލާހީ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި، އަދި އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ދިރާސާކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑަށް މީހުން އައްޔަންކުރުމާއި ވަކިކުރުމާ ގުޅޭގޮތުން މަޖިލީހުގެ ލަފާ ހޯދުމަށް އެދި ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އަދި ބޯޑުގެ މަސްއޫލިއްޔަތު އަދާކުރަމުން ދޭތޯ ބެލުމާއި ބޯޑުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްވެސް ހުރަހެއް އޮތްތޯ ބެލުމާއި، ބޯޑުގެ މަސައްކަތްތައް ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމަކީވެސް އެކޮމެޓީގެ މަސްއޫލިއްޔަތެކެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮޑިޓް އޮފީހުން ހުށަހެޅި 133.5 މިލިއަންގެ ބަޖެޓް އެ އޮފީހަށް ދޭން ކޮމިޓީން ފާސްކޮށްފި

MP Ali Fazaad

ކުށް ސާބިތު ނުވަނީސް މުދާ ނެގޭނީ ހާއްސަ ހާލަތްތަކުގައި ހައި ކޯޓުގެ އަމުރެއް ލިބިގެން: ފަޒާދު

88887

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލަން ހުށަހެޅި ޕެޓިޝަން މަޖިލިސް ތަޅުމަށް ފޮނުވަން ނިންމައިފި

majilis

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ބެހޭ ކޮންވެންޝަންގައި ބައިވެރިވުމުގެ މައްސަލަ ހާރިޖީ ކޮމިޓީއަށް