ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓޫރިޒަމް ޓްރަސްޓް ފަންޑް ހިންގަން 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަނީ

112

ޓޫރިޒަމް ޓްރަސްޓް ފަންޑް ހިންގަން 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަން ޖެހޭ ގޮތަށް ޓްރަސްޓް ފަންޑް ހިންގުމުގެ ގަވާއިދު އާންމުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ގެޒެޓުކުރި ގަވާއިދު ބުނާގޮތުން މި ފަންޑު ހިންގާނީ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށް، ޓްރަސްޓް ފަންޑު ހިންގާ ކޮމިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ މިނިސްޓްރީންނެވެ. އަދި ފަންޑު ހިންގަންވާނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ކަމާބެހޭ އެހެނިހެން ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެހެނިހެން ފަންޑުތަކާ ވަކިން ކަމަށް އެ ގަވައިދުގައި ވަނީ ބުނެފައެވެ.

އަދި ފަތުރުވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީއެއް އެކުލަވައިލަން ޖެހޭނީ ވެސް މިނިސްޓްރީންނެވެ. އެ ކޮމިޓީގައި ހިމެނޭނީ ވަޒީރު ކަނޑައަޅުއްވައި، އައްޔަނުކުރައްވާ ހަތް މެންބަރެކެވެ. އެ ހަތް މެންބަރުން ހިމެނޭ ދާއިރާތަކަކީ:

– ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
– ފަތުރުވެރިކަމާ ބެހޭ ވުޒާރާ
– މާލީ ވުޒާރާ
– އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ
– ބަންޑާރަނައިބުގެ އޮފީސް
– ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ
– މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

އެ ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓަން ޖެހެނީ ގަވާއިދުގައިވާ ގޮތުން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިންނެވެ. އެހެންވެ، ކޮމިޓީ އަށް ހާއްސަ ސެކްރެޓޭރިއޭޓެއް އެ ވުޒާރާއިން ގާއިމްކޮށްދޭން ޖެހެއެވެ.

ޓޫރިޒަމް ޓްރަސްޓް ފަންޑެއް އެކުލަވައިލުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފެންވަރު ދަމަހައްޓައި، އެ ސިނާއަތުގެ ފައިދާ ދެމެހެއްޓެނިވި ގޮތުގައި ލިބޭނޭ ގޮތް މަގުފަހިކުރުމެވެ.

އެ ފަންޑުގެ މައިގަނޑު މަސްއޫލިއްޔަތަކީ ފަތުރުވެރިކަމުގެ ދާއިރާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އެފަދަ އެހީތައް ޒިންމާދާރުގޮތެއްގައި އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކުރުމެވެ. އަދި ފަންޑުގެ ގޮތުގައި ސަރުކާރަށް ލިބޭ ފައިސާ ޚަރަދުކުރާނެ ގޮތާއި، އެހެނިހެން ކަންކަމުގައި ފައިސާއާމެދު އަމަލުކުރާނެ ގޮތް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ނިންމުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister Thoriq

ޗައިނާ، އިންޑިއާ އަދި ރަޝިއާ މާކެޓުން ފްލައިޓްތައް އިތުރުކުރަނީ

އަންނަ އަހަރުގެ އައިޓީބީ ބާލިންގެ “ހޯސްޓް ކަންޓްރީ” އަކަށް ރާއްޖެ ހަމަޖައްސައިފި

އުތުރުގެ 13 ފަޅެއްގައި ރިޒޯޓު ތަރައްޤީކުރަން ބީލަމަށް ހުޅުވާލައިފި

Tourists

ޖަނަވަރީމަހު 224,788 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ