ކުއްލި ޚަބަރު

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ހުޅުމާލޭ ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށަން ތައްޔާރުވެއްޖެ

112

ހުޅުމާލޭ ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށަން ތައްޔާރުވެއްޖެއެވެ.

މި ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. މިއީ އެ ހޮސްޕިޓަލުގައި މިފަދަ ޕްރޮގްރާމެއް ހިންގޭ ފުރަތަމަ ފަހަރެވެ.

ރާއްޖެއިން ބޭރުން މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޓާންޝިޕް ނުވަތަ ތަޖުރިބާގެ ފުރުޞަތު ހޯދުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކާއެކު މަޝްވަރާކުރުމުގެ އިތުރުން، ރާއްޖޭގެ މައި ހޮސްޕިޓަލުތަކުގައިވެސް މި ފުރުޞަތު ފަހިކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދެއެވެ. މިހާރު މާލޭ ސަރަހައްދުގައި އައިޖީއެމްއެޗް އަދި އޭޑީކޭ ހޮސްޕިޓަލުގައި މި ފުރުޞަތު ވަނީ ފަހިވެފައެވެ. އަދި އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައިވެސް މިދިޔަ ޖުލައި މަހު އިންޓާންޝިޕް ޕްރޮގްރާމް ވަނީ ފަށާފައެވެ.

ހުޅުމާލޭ ހޮސްޕިޓަލުން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު އެ ހޮސްޕިޓަލުގައި އޮރިއެންޓޭޝަން ޕްރޮގްރާމް ކުރިއަށްދާ ކަމަށާއި، އިންޓާންޝިޕް ޕްރޮގްރާމް މި މަހުގެ 10 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ފެށޭ މި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގައި 15 ދަރިވަރުން ބައިވެރިވާނެއެވެ. މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ ޕްރޮގްރާމެކެވެ.

ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ފާސް ލިބެނީ އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހުގައި ކަމަށްވާތީ، މިއީ މެޑިސިން ހަދާ ދަރިވަރުންނަށް ވަރަށް މުހިންމު ޕްރޮގްރާމެކެވެ.

އިންޓާންޝިޕްގެ ފުރުޞަތު އިތުރުކުރުމުގެ ގޮތުން، ބަންގްލަދޭޝްގެ ސަރުކާރާއެކު ރައީސް މިދިޔަ އަހަރު ބޭއްވެވި ބައްދަލުވުމަށްފަހު، އެ ޤައުމުގެ 7 ކޮލެޖަކުން ރާއްޖޭގެ ޑޮކްޓަރުންނަށް އިންޓާންޝިޕްގެ ފުރުޞަތު ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ނޭޕާލް އަދި އެހެނިހެން އަވައްޓެރި ޤައުމުތަކުގައިވެސް ދިވެހި ދަރިވަރުން އިންޓާންޝިޕް ފުރިހަމަކުރަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ޒަކާތުގެ ދެވަނަ ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވަނީ

ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ELL Mobile Advertisement TTH_advertisement