ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙަސަން ޞާބިރުގެ ހަނދާނުގައި މަޖިލީހުގައި ހަމަހިމޭންކަމުގެ ސްކޫތެއް ގެނެސްފި

sobir

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ ޙަސަން ޞާބިރުގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި ހަމަހިމޭންކަމުގެ ސްކޫތެއް ގެނެސްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވައި، ހަމަހިމޭންކަމުގެ ސްކޫތު ގެންނަވާފައިވަނީ ޙަސަން ޞާބިރު ދިވެހި ދައުލަތަށް ކޮށްދެއްވި ޚިދުމަތުގެ ހަނދާން އައުކުރެއްވުމުގެ ގޮތުންނެވެ. ޙަސަން ޞާބިރު ވަނީ ދައުލަތަށް 38 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ. އެ މުއްދަތުގެ ތެރޭގައި، 15 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަމާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އަރިއަތޮޅުގެ މެންބަރުކަން ޙަސަން ޞާބިރު ކުރައްވާފައިވެއެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވީ ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އެމަނިކުފާނަށް މި ޝަރަފު އަރުވާފައިވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައާއި ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ޚާއްސަކޮށް މަސްވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރުކަމުގެ ދާއިރާގެ މަޤާމުގައި ހުންނަވައިގެން އެ ދާއިރާތަކުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ޤައުމީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާތީއާއި ޚާރިޖީ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ރައީސް ތާއީދު

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި