ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިޑްނީގެ މަގުތައް ފުރާލައި، އޮސްޓްރޭލިއާ ރައްޔިތުން ސަރުކާރަށާއި ދުނިޔެއަށް ދިނީ ވަރަށް ވަރުގަދަ މެސެޖެއް

މުޒާހަރާގެ ބައިވެރިން ސިޑްނީ ހަބަރ ބްރިޖް ހުރަސްކުރަނީ:

ޣައްޒާގައި ހިންގާ ނަސްލުނައްތާލުގެ ޖަރީމާއާއި، ޣައްޒާގައި ބަނޑުހައިހޫނުކަން އާންމުކުރުމާ ދެކޮޅަށް އޮސްޓްރޭލިއާގެ ސިޑްނީގެ އާންމުން މަގުތަކަށް ނުކުމެ، އޮސްޓްރޭލިއާ ސަރުކާރާއި ދުނިޔެއަށް ވަރަށް ވަރުގަދަ މެސެޖެއް ދީފިއެވެ.

މޫސުން ގޯސްވެފައި ވުމާއެކުވެސް، މުޒާހަރާއަށް ނުކުތް އާންމުންގެ ގިނަކަމާއެކު، ސިޑްނީގެ މަގުތައް ފުރާލިއެވެ.

މަގުތަކުގައި އަޑުއުފުލަމުން މުޒާހަރާގެ ބައިވެރިން ސިޑްނީ ހަބަރ ބްރިޖް ހުރަސްކުރިއިރު، ބްރިޖް ބަންދުވެ މުޅި ސަރަހައްދު ޓްރެފިކް ހުއްޓުމަކަށް އައެވެ.

ބައެއް މީހުން އަންދާޒާކުރާ ގޮތުން ތިންލައްކައަށްވުރެ ގިނަމީހުން މުޒާހަރާއަށް ނުކުމެފައި ވެއެވެ.

މިއީ، އޮސްޓްރޭލިއާގައި ޣައްޒާ މައްސަލާގައި މިހާ ގިނަ އާންމުން މަގުތަކަށް ނުކުތް ފުރަތަމަ ފަހަރު ކަމަށްވެއެވެ.

މުޒާހަރާއަށް ނުނިކުތުމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކްރިސް މިންސް ޕާލަމެންޓް މެމްބަރުންނަށް އަންގާފައި ވަނިކޮށްވެސް، ލޭބަރ ޕާޓީއަށް ނިސްބަތްވާ 5 މެމްބަރުން މުޒާހަރާގައި ބައިވެރިވިއެވެ.

އަދި މަޝްހޫރު ވިކިލީކްސްގެ ފައުންޑަރ ޖޫލިއަން އަސާންޖްވެސް މުޒާހަރާގައި ބައިވެރިވިއެވެ.

މުޒާހަރާއަށް ނުކުތް އާންމުންނާއި، ސިޔާސީ ފަރާތްތަކާއި، އެކްޓިވިސްޓުންވަނީ އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކޮށް އަޑުއުފުލާފައެވެ. ހަމަ އެއާއެކު، އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމުގައި އޮސްޓްރޭލިއާ ސަރުކާރުގެ  ބައިވެރިވުން އަދިވެސް އޮންނާތީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ.

ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅަން އިސްރާއީލު ސިފައިން ބޭނުންކުރާ އެފް-35 ޖެޓުތައް ފޯރުކޮށްދޭ ގްރޫޕްގައި އޮސްޓްރޭލިއާވެސް ހިމެނެއެވެ.

އާންމުންނާއި، އަދި މުޒާހަރާގައި ވާހަކަ ދެއްކި އެކިއެކި ފަރާތްތަކުންވަނީ، އިސްރާއީލުން ހިންގާ ނަސްލުނައްތާލުން ވަގުތުން ހުއްޓާލުމަށާއި، ޣައްޒާގެ އާންމުން ބަނޑަށްޖެއްސުންވެސް ހުއްޓުމަކަށް ގެނައުމަށެވެ.

އަދި އިސްރާއީލަށް ދަތިކުރުމަށް އޮސްޓްރޭލިއާ ސަރުކާރަށާއި، ދުނިޔެއަށް އެމީހުން ގޮވާލާފައި ވެއެވެ.

ސިޑްނީ މުޒާހަރާ ރޭވީ އޮސްޓްރޭލިއާގެ “ޕަލެސްތައިން އެކްޝަން ގްރޫޕް” އިންނެވެ. މުޒާހަރާ ހުއްޓުވަން ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގައި އޮސްޓްރޭލިއާގެ ސުޕްރީމް ކޯޓުން މައްސަލަ ނިންމީ “ޕަލެސްތައިން އެކްޝަން ގްރޫޕް” އާ އެއްކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަލްފްގެ ގައުމުތަކަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ އީރާނު ހުއްޓުވަން ބާރުގެ ބޭނުން ކުރަންޖެހިދާނެ: ސައުދީ އަރަބިއްޔާ

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

WhatsApp Image 2026 03 18 at 11.16.18

އެސްއެމްއީ ޑިޖިޓަލް އަށް 7 އަހަރު: މާލީ އެހީތެރިކަން 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިއަށް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި