ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ދުންފަތުގެ ބާވަތްތައް ވިއްކަން 209 ލައިސެންސް ދޫކޮށްފި

health ministry

ދުންފަތުގެ ބާވަތްތައް ވިއްކަން ވަކި ލައިސެންސެއް ނެގުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 209 ވިޔަފާރިއަކަށް ލައިސަންސް ދޫކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 1 ވަނަ އިސްލާހު ގެނެސް އަމަލުކުރަން ފެށުމާއެކު، ދުންފަތުގެ ބާވަތްތައް ވިއްކެނީ ޚާއްޞަ ހުއްދައެއް ނަގައިގެންނެވެ. ހުއްދައަށް އެދި ހުށަހެޅުމަށް އެޗްޕީއޭއިން ފުރުސަތު ހުޅުވާލީ އޭޕްރީލް މަހެވެ. ތިން މަސް ދުވަހުގެ މުއްދަތެއް އެކަމަށް ދިންއިރު މުއްދަތު ހަމަވީ ޖުލައި 17 ވަނަ ދުވަހެވެ.

އެޗްޕީއޭއިން ބުނީ ހުށަހެޅުންތައް ރިވިއުކުރުމަށްފަހު ލައިސެންސް 209 ފަރާތަކަށް ދޫކޮށްފައިވާ ކަމަށެވެ. ލައިސަންސަށް އެދި 767 ފަރާތަކުން ވަނީ ހުށަހަޅައިފައެވެ. އޭގެތެރެއިން މިހާތަނަށް ވަނީ 652 ފޯމުގެ ވެރިފިކޭޝަން ނިންމާފައެވެ.

ހަތަރު ގިންތިއަކުން ލައިސެންސަށް އެދި ހުށަހަޅާފައިވެއެވެ. އެއީ ސިގިރޭޓް ވިއްކުމުގެ ލައިސެންސަށް އެދި ހުށަހެޅި 608 ވިޔަފާރިއަކާއި ޓޮބޭކޯގެ އާ އުފެއްދުންތަކުގެ ރަޖިސްޓްރޭޝަނަށް އެދި ހުށަހެޅި 15 ވިޔަފާރިއަކާއި، ޓޮބޭކޯ އިމްޕޯޓް ކުރުމުގެ ލައިސެންސަށް އެދި ހުށަހެޅި 28 ވިޔަފާރީގެ އިތުރުން ޓޮބޭކޯ ރީ-އެކްސްޕޯޓު ލައިސެންސަށް އެދި ހުށަހެޅި ވިޔަފާރިއެކެވެ.

ލިބުނު ހުރިހާ ފޯމެއްގެ ތެރެއިން މިހާތަނަށް 244 ފޯމެއް ޝަރުތު ފުރިހަމަނުވާތީ ޕްރޮސެސް ކޮށްފައެއްނުވެއެވެ. އަދި، ރިވިއުއަށް ފަހު 177 ފޯމު އިސްލާހުކުރުމަށް ވަނީ ނިންމައިފައެވެ.

ލައިސެންސް ދޫކުރަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. އަދި، ލައިސެންސް ހަމަވާން 60 ދުވަހަށް ވުމުން އާކުރަން ހުށަހަޅަން ޖެހެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގައި ބުނެފައިވާ ގޮތުން ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތަކުގެ މުއާމަލާތެއް ކޮށްފިނަމަ، ފުރަތަމަ ފަހަރު 50،000ރ. އިން އަދި އޭގެ ފަހުން ކުށްތަކުރާރުކުރާ ކޮންމެ ފަހަރަކު 100،000ރ. އިން ޖޫރިމަނާ ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement