ކުއްލި ޚަބަރު

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

ރައީސް މުއިއްޒަށް މަރުގެ އިޒާރުދިން މައްސަލައެއް ބަލަނީ

އިސްރާއީލާ ދެކޮޅަށް ވިޔަފާރިއާއި، ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅު އެޅި ޔޫރަޕްގެ ފުރަތަމަ ގައުމަކަށް ސްލޮވީނިއާ

އިސްރާއީލުގެ މުދާ ސްލޮވީނިއާއަށް އިމްޕޯޓްކުރުމާއި، ސްލޮވީނިއާގެ މުދާ އިސްރާއީލަށް އެކްސްޕޯޓްކުރުން މަނާކޮށް، އިސްރާއީލާ ދެކޮޅަށް އެގައުމުން ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

މިފިޔަވަޅުގެ ދަށުން، ސްލޮވީނިއާ މަގުން އިސްރާއީލަށް އެއްވެސް ބާވަތެއްގެ ހަތިޔާރު ބޭރުކުރުންވެސް ވަނީ މަނާކޮށްފައެވެ.

އިސްރާއީލާ ދެކޮޅަށް މިފިޔަވަޅުތައް އެޅިކަން ހާމަކުރައްވާފައިވަނީ، ކެބިނެޓު ބައްދަލުވުމަކަށްފަހު ސްލޮވީނިއާގެ ބޮޑުވަޒީރު ރޮބަރޓް ގޮލޮބްއެވެ.

ސްލޮވީނިއާ ސަރުކާރުން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް މި އެޅީ، އިސްރާއީލުގެ މިނިސްޓަރުން ސްލޮވީނިއާއަށް އެރުން މަނާކުރިތާ ދެހަފްތާ ފަހުންނެވެ.

މިއީ، ޒަޔަނިސްޓުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތަކާ ގުޅިގެން ސްލޮވީނިއާއިން އަޅަމުންދާ ފިޔަވަޅުތަކެކެވެ.

ސްލޮވީނިއާ ވެގެންމިދިޔައީ، އިސްރާއީލާ ދެކޮޅަށް އިމްޕޯޓް، އެކްސްޕޯޓް އަދި ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ޔޫރަޕްގެ ފުރަތަމަ ގައުމަށެވެ.

ސްލޮވީނިއާއަކީ ޔޫރަޕް އިއްތިހާދުގެ މެމްބަރު ގައުމެއްނަމަވެސް، ޣައްޒާ މައްސަލާގައި އިސްރާއީލާ ދެކޮޅަށް މަސައްކަތް ކުރަމުން ގެންދަނީ މިނިވަން ގޮތެއްގައެވެ.

ސްލޮވީނިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެގައުމުން އަމިއްލަގޮތުން ތެދުވީ “އީޔޫގެ އެތެރޭގެ ޚިޔާލުތަފާތުވުންތަކާއި އެއްބައިވަންތަކަމެއް ނެތުމުގެ ސަބަބުން، ޣައްޒާ މައްސަލާގާއި އާރުލާ ފިޔަވަޅުތަކެއް އަޅަން އީޔޫ ނުކުޅެދިފައިވާތީ” ކަމަށެވެ.

ގަސްތުގައި އިންސާނީ އެހީ އެތެރެކުރުން ހުއްޓުވާފައި އޮތުމުގެ ސަބަބުން ޣައްޒާއިން މީހުން މަރުވަމުންދާ ކަމަށާއި، އެހެންކަމުން، މިކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ޒިންމާދާރު ކޮންމެ ދައުލަތެއްގެ ވާޖިބެއް ކަމަށް، ސްލޮވީނިއާ ސަރުކާރުގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ބުނެފައިވަނީ، އެކަމުގައި އެހެން މީހުންނަށް ވުރެ ކުރިއަށް ފިޔަވަޅެއް އަޅަންޖެހުނަސް އެކަން ކުރަންޖެހޭ ކަމަށެވެ.

ސްލޮވީނިއާ ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ، ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ސްލޮވީނިއާ ސަރުކާރުން އިސްރާއީލަށް އެއްވެސް ބާވަތެއްގެ އަސްކަރީ ހަތިޔާރެއް އަދި އަސްކަރީ އެހެން ސާމާނެއް އެކްސްޕޯޓްކުރުމުގެ ހުއްދަ، 2023 ވަނަ އަހަރުން ފެށިގެން ދީފައި ނުވާނޭ ކަމަށެވެ.

ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ސްލޮވީނިއާ ސަރުކާރުން ރަސްމީގޮތުން ބަލައިގެންފައިވަނީ 2024  ވަނަ އަހަރުއެވެ.

އޭގެފަހުން އެގައުމުން ތަކުރާރުކޮށް ގެންދަނީ ޣައްޒާއަށްދޭ ހަމަލާތައް ހުއްޓާލުމަށާއި، އެއްވެސް ހުރަހެއްނެތި އިންސާނީ އެހީ އެތެރެކުރަން ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑޮކްޓަރީ ބޭހުގެ އަގު ރައްޔިތުން އަތްފޯރާފަށަށް ގެނައުމަށް އިންޑޮނޭޝިޔާގެ އަސްކަރިއްޔާއިން ބޭސް އުފައްދަން ފަށަނީ

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 111 މީހުން ޝަހީދުކޮށްލައިފި

ކެނެޑާއިން ފަލަސްތީނު ދައުލަތް ބަލައިގަންނަ ނަމަ، ކެނެޑާއާއެކު ވިޔަފާރީގެ ޑީލް ހަދަން ވަރަށް އުނދަގޫވާނެ: ޓްރަމްޕް

ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތަށް އެހީވާން ތައްޔާރަށް އޮތް ކަމަށް ސިންގަޕޫރުން ހާމަކޮށްފި

TTH_advertisement ELL Mobile Advertisement