ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދާއި ޖަމީލް އައްޔަންކުރަނީ

112

ހުސްވެފައިވާ ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް މުހައްމަދު ޝަހީދާއި އަބްދުﷲ ޖަމީލް މޫސާ އައްޔަންކުރަން ފާސްކޮށްފި އެވެ.

ޖޭއެސްސީ އިން ބުނީ ހައި ކޯޓަށް އައްޔަން ކުރަން ނިންމީ، ޏ. ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު އާއި ލ. މާވަށް ނަލަމަލަ، އަބްދުﷲ ޖަމީލް މޫސާ ކަމަށެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން ޖަމީލަކީ ސިވިލް ކޯޓުގެ ގާޒީކަން ކުރިން ކުރެއްވި ބޭފުޅެކެވެ.

ހައިކޯޓުގެ ފަނޑިޔާރުކަން ހުސްވީ އެ ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މުހައްމަދު ސަލީމާއި މުހައްމަދު ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުންނެވެ.

ހުސްވެފައިވާ މަގާމްތަކަށް ފަނޑިޔާރުން އައްޔަންކުރުމުގެ މަސައްކަތް ޖޭއެސްސީން އަންނީ ކުރަމުންނެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަންކުރުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރަން ފެނިވަޑައިގަންނަވާ ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

high court

އަމީން ކޮންސްޓްރަކްޝަން ކުށްވެރިނުވާ ކަމަށް ނިންމި ނިންމުން ހައިކޯޓަށް ގެންގޮސްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު އައްޔަންކުރަނީ