ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވިއަންއަށް 3.6 މިލިޔަން ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެމްޑީޕީގެ މައްޗަށް ހުކުމްކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ޤައުމީ އެއަރލައިން، މޯލްޑިވިއަންއަށް 30 ދުވަހުގެ ތެރޭގައި 3.6 މިލިޔަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރައްވައިފިއެވެ.

ސިވިލް ކޯޓުން މިހުކުމް އިއްވެވީ އެމްޑީޕީން ރިޔާސީ އިންތިޚާބާއި ދިމާކޮށް ކޮށްފައިވާ ކެމްޕެއިން ދަތުރުތަކަށް އެއްބަސްވެފައިވާ ގޮތަށް ފައިސާ ދައްކަމުން ނުދާ މައްސަލަ މޯލްޑިވިއަންއިން ކޯޓަށް ހުށަހެޅުމުންނެވެ.

އެމްޑީޕީގެ ކެމްޕެއިން ދަތުރުތަކަށް ޖުމްލަ 5.6 މިލިޔަން ރުފިޔާ މޯލްޑިވިއަނަށް ދައްކަންޖެހޭއިރު، މީގެކުރިން ދެ ފަރާތުން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، 6 ޕޭމަންޓަކަށް ބަހާލައިގެން ފައިސާ ދެއްކުމަށް އެމްޑީޕީން އޮތީ އެއްބަސްވެފައެވެ. މޯލްޑިވިއަންއިން ކޯޓަށް މައްސަލަ ހުށަހެޅީ އެއްބަސްވި ގޮތަށް އެމްޑީޕީން ފައިސާ ދައްކަމުން ނުދާތީއެވެ. އަދި ކޯޓަށް ހުށަހެޅި މައްސަލާގައި މޯލްޑިވިއަންއިން ވަނީ އެމްޑީޕީން ނުދައްކާހުރި ފައިސާ އެއްފަހަރާ ދެއްކުމަށް އަމުރުކޮށްދިނުމަށް އެދިފައެވެ.

އެމްޑީޕީން ދައްކަންޖެހޭ 5.6 މިލިޔަން ރުފިޔާގެ ތެރެއިން މިހާތަނަށް ދެއްކީ ހަމައެކަނި 2 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބެއްލެވުމަށް ސިވިލް ކޯޓުން އިއްޔެ ކުރެއްވި ހުކުމްގައި ވަނީ އެމްޑީޕީން މޯލްޑިވިއަންއަށް ދައްކަންޖެހޭ 3.6 މިލިޔަން ރުފިޔާ 30 ދުވަހުގެ ތެެރޭގައި ދައްކާ ޚަލާސްކުރުމަށް ހުކުމްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

ޖުލައި މަހުގެ ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ބެންކޮކަށް ޚާއްސަ ފެއަރއެއް ތައާރަފްކޮށްފި

maldivian

މޯލްޑިވިއަނުގެ ޗައިނާ ޖެނެރަލް ސޭލްސް އެޖެންޓަކަށް، މެގަކެޕް އޭވިއޭޝަން

މާލެއާއި ޑާކާއާ ދެމެދު މޯލްޑިވިއަންގެ ސީދާ ދަތުރުތައް އަލުން ފަށައިފި

Oo

މޯލްޑިވިއަންގެ ކަސްޓަމަރުންނަށް އުފާވެރި ޚަބަރެއް: ޓްރިވަންޑްރަމްގެ އަނަންތަޕޫރީ ހޮސްޕިޓަލުން ޑިސްކައުންޓް ލިބޭނެ