ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓެލްކޯ މުވައްޒަފުންނަށް “ރިސާލަތު” ޕްރޮގްރާމް ކުރިއަށްގެންގޮސްފި

Img 9405 1024x682

ސްޓެލްކޯ މުވައްޒަފުންނަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ‘ރިސާލަތު’ ޕްރޮގްރާމް ކުރިއަށްގެންގޮސްފިއެވެ.
ސްޓެލްކޯގެ މުވައްޒަފުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދެވޭ ‘ރިސާލަތު’ ޕްރޮގްރާމްގެ ދަށުން މިއަދު ބޭއްވުނު ސެޝަނެއްގައި، އިސްލާމީ ޝަރީޢަތާ ގުޅޭ ޢިލްމީ އަދި ފައިދާހުރި މަޢުލޫމާތުތަކެއް އައްޝައިޚް އާޒިމް ޚާލިދު ވަނީ ހިއްސާކުރައްވާފައެވެ.

މި ޕްރޮގްރާމަކީ ސްޓެލްކޯގެ މުވައްޒަފުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމީ ޝަރީޢަތާ ގުޅޭ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދެވޭ ޚާއްޞަ ޕްރޮގްރާމެކެވެ.

މިފަދަ ޕްރޮގްރާމްތަކަކީ މުވައްޒަފުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމީ ރިވެތި އަޚްލާޤާއި އާދަކާދަތައް ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމަށް ސްޓެލްކޯއިން ފާހަގަކުރެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިފަދަ ޕްރޮގްރާމްތައް އެކި މުއައްސަސާތަކާ ގުޅިގެން ކުރިއަށްގެންދިއުމަކީ، މުޖުތަމަޢުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް