ކުއްލި ޚަބަރު

ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ފައިސާ ހޯދަން މެސެޖުކުރާތީ ސަމާލުވާން އެދިއްޖެ

އޮޕަރޭޝަން އަލިމަގު: އައްޑޫން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ގެސްޓް ހައުސެއްގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުން 78 ޑުރަގް ބުލެޓް ފެނިފައިވޭ: ފުލުހުން

ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތަށް އެހީވާން ތައްޔާރަށް އޮތް ކަމަށް ސިންގަޕޫރުން ހާމަކޮށްފި

އިސްތިއުމާރީ އިސްރާއީލުން ހަމަލާދީ ޣައްޒާގެ ރަށްތައް ބިމާހަމަކޮށްލާފައި:

ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމަކަށް ދެވުމުން، ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތަށް އެހީވާން ތައްޔާރަށް އޮތް ކަމަށް ސިންގަޕޫރުން ހާމަކޮށްފިއެވެ.

ސިންގަޕޫރުން މިކަން ހާމަކުރީ، ފަލަސްތީނު މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމާއި، ދެ ދައުލަތުގެ ހައްލު ތަންފީޒު ކުރުމާ ގުޅޭގޮތުން ނިއު ޔޯކްގައި ބޭއްވި އދގެ ކޮންފަރެންސްގައެވެ.

ސިންގަޕޫރު ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ސެކްރެޓަރީ ފޮރ އޭޝިޔާ ފެސިފިކް ކެވިން ޗެއޮކް ވިދާޅުވީ، މިސްރުން ހުށަހަޅާފައިވާ އަރަބް ރީކޮންސްޓްރަކްޝަން ޕްލޭނަށާއި، އެ ޕްލޭންގައި ހިމެނޭ ޣައްޒާގެ ތަސައްވުރަށް ސިންގަޕޫރު ތާއީދުކުރާ ކަމަށެވެ.

މިއީ، ޣައްޒާ އަލުން ބިނާކުރުމުގެ މިސްރު ޕްލޭނަށް ތާއީދުކުރާކަން ސިންގަޕޫރުން ހާމަކުރި ފުރަތަމަ ފަހަރެވެ.

މިސްރުން ހުށަހަޅާފައިވާ އަރަބީންގެ ޕްލޭންގައި، ޣައްޒާ އަލުން ބިނާކުރުމާއި، އަދި ޣައްޒާގައި ވެރިކަން ކުރުމުގައިވެސް ހަމާސްގެ އެއްވެސް ދައުރެއް ނޯންނާނެއެވެ. އޭގެ ބަދަލުގައި ޣައްޒާގައި ވެރިކަންކުރާނީ އަރަބި، މުސްލިމް އަދި ހުޅަނގުގެ ގައުމުތަކުގެ ކޮންޓްރޯލްކުރާ ވަގުތީ ބައެކެވެ.

ޣައްޒާ އަލުން ބިނާކުރުމަށް މިސްރުން އިސްވެ އަރަބީންގެ ޕްލޭންގެ ނަމުގައި ޕްލޭނެއް އިއުލާންކުރީ، ޣައްޒާ ބިނާކޮށް ދުނިޔޭގެ މަހުޖަނުން މަޖާކޮށް އުފާކުރަންދާ “ރިވިއޭރާ” އަކަށް ޣައްޒާ ހެދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ފެށުމުން އެކަމާ ވިއްދައިގެންނެވެ.

ޓްރަމްޕްގެ ޕްލޭންގައި، ޣައްޒާގެ އާންމުން ރަށުން ބޭރުކޮށް ޣައްޒާ ހުސްކޮށްލަން ހިމެނޭތީ، މިސްރު ޕްލޭންގައި އެކަމާ ދެކޮޅު ހަދާފައި ވެއެވެ.

މިސްރުގެ ޣައްޒާ ޕްލޭން، އަރަބި ގައުމުތަކުން އެޑޮޕްޓްކުރީ މިއަހަރުގެ މާޗްމަހުގެ ތެރޭގައެވެ. އިސްލާމީ އެތައް ގައުމަކުންވެސް އެ ޕްލޭނަށް ތާއީދު ކޮށްފައި ވެއެވެ.

ހުޅަނގުގެ ގައުމުތަކުގެ ތެރެއިން ފްރާންސް، ޖަރުމަނީ، އިޓަލީ އަދި ޔޫކޭއިންވެސް މިސްރު ޕްލޭނަށް ތާއީދުކޮށްފައި ވެއެވެ.

މިސްރުގެ ޣައްޒާ ޕްލޭނަށް ދެކޮޅު ހަދާފައިވަނީ އެމެރިކާއާއި އިސްރާއީލުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަރްޣޫތީއަށް އަނެއްކާވެސް ލާއިންސާނީ ބޮޑެތި އަނިޔާތަކެއް ކުރުން: އާއިލާއިން ބުނަނީ އިސްރާއީލުން އުޅެނީ އޭނާ އަވަހާރަކޮށްލަން ކަމަށް

ދެ އަހަރުތެރޭ ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 އިން މައްޗަށް

ވަރަށް ބޯކޮށް ވާރޭވެހި މުޅި ޣައްޒާ ފެނުއަޑީގައި، ހާލަތު ވަރަށް ގޯސް

ޣައްޒާ ޕްލޭން ފާސްކުރި ވޯޓުގައި ބައިވެރި ނުވި ސަބަބު ރަޝިޔާއިން ހާމަކޮށްފި

TTH_advertisement