ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އަހުމަދު މުބީން އިސްތިއުފާދެއްވައިފިއެވެ.

އާރުއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން މުބީން އިސްތިއުފާދެއްވާފައި މިވަނީ، އެ ކުންފުނި އުވާލައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްލެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.

އާރުއޭސީއެލުން މިއަދު ސޯޝަލް މީޑިއާގައި ވަނީ، މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މުބީން ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން، އެމްއޭސީއެލް އާއި އާރުއޭސީއެލް އެއްކޮށްލަން ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.