ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަލުންް ހުޅުވާލައިފިއެވެ.
އެ ފުރުސަތު ހުޅުވާލާފައި ވަނީ ސީއެސްސީގެ މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން 3 މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީއެވެ. އެއީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި މެންބަރު މުހައްމަދު ފަރުޝަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފްއެވެ.
އެގޮތުން އެ ފުރުސަތު ހުޅުވާލައްވާފައި ވަނީ، މިއަދުން ފެށިގެން 2025 އޮގަސްޓް 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
އެ މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އެ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު