ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ލަންކާގެ ރައީސާއެކު މަޝްވަރާކުރައްވައިފި

112

ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާ ބައްދަލުކުރައްވައި ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މަޝްވަރާކުރައްވައިފިއެވެ.

މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމު ދެމެދު އޮތް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، ބަދަލުވަމުން އަންނަ ބައިނަލްއަޤްވާމީ ވިޔަފާރީގެ މާޙައުލުގައި އިސްތިރާޖީ ގޮތުން ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ މެދުވެސް ވަނީ މަޝްވަރާކުރެވިފައެވެ.

މިނިސްޓަރު ސަޢީދުގެ އިތުރުން މި ބައްދަލުވުމުގައި އިކޮނޮމިކްސް މިނިސްޓްރީގެ އިސް އޮފިޝަލުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ސްރީލަންކާގެ ރައީސްގެ މި ދަތުރުފުޅުގައި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކި ފެންވަރުގެ މަޝްވަރާ ބައްދަލުވުންތައް ކަމާގުޅުންހުރި އެކި ފަރާތްތަކާއެކު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister saeed

ހަނގުރާމައާ ގުޅިގެން ކާބޯތަކެތި ލިބުމުގައި ރާއްޖެއަށް އެއްވެސް ދައްޗެއް ނެތްކަމުގެ ޔަގީންކަން ސައީދު ދެއްވައިފި

Qw

ރައްޔިތުންނަށް ޚިދުމަތް ކުރަން މޫސާ އަލީ ޖަލީލް ހުންނަވާނީ ހޭވައްލާ ތައްޔާރަށް: ސައީދު

Izaam

ކުދި ވިޔަފާރިތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަނީ

Izaam

ކުރިއަށްއޮތީ ކުދި ވިޔަފާރިތަކަށް ލުއި ލިބިގެންދާނެ ދުވަސްތަކެއް: ސައީދު