ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޫސުން ގޯސްވެ، މިނިވަން ދުވަހުގެ މިރޭގެ ހަރަކާތްތައް ކެންސަލް 

Gw4wfrwagaaf9rg

މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބާއްވަން ތާވަލުކުރި ހަރަކާތްތައް ކެންސަލްކޮށްފިއެވެ.

ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް އިންތިޒާމު ކުރި، މިނިވަން ދުވަހުގެ ފުޅަނދުތައް ދައްކާލުމާއި ސަގާފީ ހަރަކާތްތައް، މޫސުން ތަންނުދިނުމުގެ ސަބަބުން ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ.

ސަރުކާރުގެ ގިނަ މުއައްސަސާތަކެއް ހިމެނޭހެން މި ފަހަރުގެ ފުޅަނދުބުރުތައް ރޭ މާލޭގައި ވަނީ ދައްކާލައިފައެވެ. އަދި މި ސަރަހައްދުގެ ގިނަ ބަޔަކު ވަނީ ފުޅަނދުބުރުތައް ބަލައިލުމަށް މަގުތަކަށް ނުކުމެފައެވެ.

ފަޅަނދުބުރުގެ ހަރަކާތްތައް މިއަދު ހަވީރު ހުޅުމާލޭގައި ވެސް ކުރިއަށްގެންދިޔައެވެ. ފުޅަނދުބުރާއެކު ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ކުރިން ވަނީ ތާވަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއަރޕޯޓް: ރައީސް

ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ޤައުމު: ރައީސް

sifain

ރައީސްގެ ޚާއްސަ މެޑަލް ސިފައިންނާއި ފުލުހުންގެ 6 އޮފިސަރަކަށް

ރައީސް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި