ކުއްލި ޚަބަރު

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

މޯލްޑިވިއަންގެ ބޯޓުތަކުގައި ތާނަ އަކުރުން ‘ދިވެހިރާއްޖެ’

8e02bb15 4298 4d4f 9009 813e82e2d619 850x548 1

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ޤައުމީ އެއަރލައިންގެ ބޯޓުތަކުގެ ބޭރުގައި ތާނަ އަކުރުން ދިވެހިރާއްޖެ ޖަހަން ނިންމައި، އެމަސައްކަތް ފަށާފައިވާ ކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަނުން ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަންގެ ލިވެރީއަށް ގެނައި ބަދަލުގައި ބޯޓުގައިތަކުގެ ބޭރުގައި ޤައުމީ ދިދައާއެކު ދިވެހިރާއްޖެ ތާނަ އަކުރުން ޖަހާނެއެވެ. މިހާރު އެ ބަދަލު އެއެއަރލައިންގެ ވައިޑް ބޮޑީ މަތިންދާ ބޯޓަށް ވަނީ ގެނެސްފައެވެ. ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލުން ފުރަތަމަ ޚިދުމަތް ހޯދި އެ ބޯޓަށްވާއިރު، އެ ބޯޓަށް ވަނީ އެ ބަދަލު ވަނީ ގެނެސްފައެވެ. މި ބަދަލަކީ ދިވެހި ބަހާއި ތަރިކައަށް އަދި ޤައުމީ ފަޚުރު ރަމްޒުކޮށްދޭ ބަދަލެއް މޯލްޑިވިއަނުން ވިދާޅުވިއެވެ.

މޯލްޑިވިއަނުން ވިދާޅުވީ ވަނީ މި ބަދަލު އެ އެއަރލައިންގެ ހުރިހާ ބޯޓަކުންވެސް ފެނިގެންދާނެ ކަމަށެވެ. އަދި މިއީ ދިވެހިންގެ އަމިއްލަވަންތަކަމާއި ޤައުމީ އެއަރލައިން ގުޅިފައިވާ މިންވަރު ދައްކުވައިދޭ ބަދަލެއް ކަމަށެވެ. މިއަހަރު މިނިވަންކަމަށް 60 އަހަރު ފުރޭއިރު މިބަދަލުން ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލު އަދި އެއްބައިވަންތަކަން މި ބަދަލުގެ ތެރެއިން ރަމްޒުކޮށްދޭކަމަށް ޤައުމީ އެއަރލައިނުން ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ބޯޓުތަކުގެ ލިވެރީއަށް ގެނައި ބަދަލާއި ގުޅޭގޮތުން އެއަރލައިން ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ ޤައުމީ އެއަރލައިންގެ ހައިސީއްޔަތުން ‘ދިވެހިރާއްޖެ’ މި ބަސް އުދުހުންތަކުގައި ބޭނުންކުރަން ލިބޭ ފުރުސަތަކީ އެއެއަރލައިނަށް ލިބޭ ފަޚުރެއް ކަމަށެވެ. މިއަހަރަކީ ޤައުމީ އެއަރލައިނަށްވެސް މުހިންމު އަހަރެއްކަން ފާހަގަކޮށް ސަލީމް ވިދާޅުވީ މޯލްޑިވިއަންގެ ބޯޓުތައް އުދުހޭއިރު ޤައުމީ އެއަރލައިނުން ދިވެހި ސަޤާފަތާއި އަމިއްލަވަންތަކަން ހިފެހެއްޓުމަށް ދޭ ސަމާލުކަން ފެނިގެންދާނެ ކަމަށެވެ.

މޯލްޑިވިއަންގެ ލިވެރީއަށް ގެނައި ބަދަލު ދާދި އަވަހަށް ހުރިހާ ބޯޓަކުންވެސް ފެނިގެންދާނެ ކަމަށް ޤައުމީ އެއަރލައިނުން ވިދާޅުވެއެވެ. މޯލްޑިވިއަންގެ ފްލީޓުގައި 25 މަތިންދާބޯޓެއް އޮވެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާބޯޓަކާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

maldivian

މޯލްޑިވިއަނުން ށ.ފުނަދޫއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

Main 20251116 165502

ދުބާއީ އަދި ތައިލެންޑަށް އެއާ އެމްބިއުލަންސް ޚިދުމަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މާފަރު އެއަރޕޯޓު ޓަރމިނަލް ބޮޑު ކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ޙަވާލުކޮށްފި

Maldivian

މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝަށް އަލުން ފަށަނީ

TTH_advertisement