ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްރާންސާއި ސައުދީ އަރަބިއްޔާއިން ބާއްވާ ފަލަސްތީނު، އިސްރާއީލު ކޮންފަރެންސް، އެމެރިކާއާއި އިސްރާއީލުން ބޮއިކޮޓް ކޮށްފި

 

ފްރާންސާއި ސައުދީ އަރަބިއްޔާއިން އިސް ނަގައިގެން އެމެރިކާގެ ނިއު ޔޯކްގައި މިއަދު ބާއްވާ ފަލަސްތީނު – އިސްރާއީލު ކޮންފަރެންސް، އެމެރިކާއާއި އިސްރާއީލުން ބޮއިކޮޓް ކޮށްފިއެވެ.

ފްރާންސް، ސައުދީ ކޮންފަރެންސް ބޮއިކޮޓް ކުރުމާ ގުޅޭގޮތުން އެމެރިކާ ސަރުކާރުގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ، އެ ކޮންފަރެންސަކީ “ހަމާސްއަށްދޭ  ހަދިޔާއެއް” ކަމަށެވެ.

ހަމަލާތައް ހުއްޓާލުމަށް އެމެރިކާއިން ހުށަހަޅާ ހުރިހާ ޕްރޮޕޯޒަލްއަކަށް އިސްރާއީލުން އެއްބަސްވާއިރު، ހަމާސްއިން އެ ޕްރޮޕޯޒަލްތަކާ ދެކޮޅު ހަދަމުންދާ ކަމަށާއި، އިސްރާއީލުގެ ރަހީނުން މިނިވަން ކުރެވި، ޣައްޒާއަށް “ހަމަހިމޭންކަން” ގެނެވޭނީ އެ ޕްރޮޕޯޒަލްތަކަށް ހަމާސް އެއްބަސްވެގެން ކަމަށްވެސް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވެއެވެ.

ފްރާންސް، ސައުދީ ކޮންފަރެންސް ބާއްވަން އދގެ ޖެނެރަލް އެސެމްބްލީގައި ނެގި ވޯޓުގައި އެމެރިކާއިން ވޯޓު ދީފައިވާނީ ކޮންފަރެންސް ބޭއްވުމަށް ދެކޮޅަށް ކަންވެސް، ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ބުނެފައި ވެއެވެ.

މިފަދަ ކޮންފަރެންސްތައް ބޭއްވުމަކީ، ފަލަސްތީނު، އިސްރާއީލުގެ ކޯޅުންތަކަށް ދިގު މުއްދަތަކަށް، ސުލްހަވެރި ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ނުރައްކަލުގެ ތެރެއަށް ވައްޓާލުން ކަމަށްވެސް އެމެރިކާއިން ބުނެފައި ވެއެވެ.

ކޮންފަރެންސް ބޮއިކޮޓް ކުރުމާ ގުޅޭގޮތުން އދގައި ހުންނަ އިސްރާއީލުގެ މިޝަނުން ބުނެފައިވަނީ، އެންމެ ފުރަތަމަ އެންމެ މުހިންމު ކަމެއްގެގޮތުގައި، ހަމާސް ކުށްވެރި ކުރުމާއި، އިސްރާއީލުގެ ރަހީނުން އަނބުރާ ހަވާލުކުރުމުގެ މައްސަލަ ކޮންފަރެންސްގައި ނުހިމެނޭތީ ބައިވެރި ނުވާނޭ ކަމަށެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ، ފަލަސްތީނު، އިސްރާއީލު މައްސަލަ ހައްލުކުރުމަށްޓަކައި ދެދައުލަތުގެ ހައްލަކަށް ދިއުމަށް ރޯޑްމެޕެއް އެކަށައެޅުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

ދުބާއީ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފަށައިފި