މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ ފުޅަނދު ބުރުގައި ސަރުކާރުގެ 11 މުއައްސަސާއަކުން ބައިވެރިވެ، އެތަންތަނުގެ ޚިދުމަތްތަކާއި ކުރިއެރުންތައް ދައްކުވައިދީފިއެވެ.
މިނިވަން 60 ގެ މުނާސަބަތުގައި ބޭއްވި މި ފުޅަނދުބުރު ފެށީ މާލޭގެ ސޯޝަލް ސެންޓަރު ސަރަޙައްދުންނެވެ. މަޖީދީމަގުން އިރަށް ދަތުރުކޮށް، ބޮޑުތަކުރުފާނު މަގު އަރޓިފިޝަލް ބީޗު ސަރަޙައްދުން ގޮސް، ފުޅަނދުބުރު ނިންމާލާފައިވަނީ ހެންވޭރުގައި ބްރިޖް ހިމެނޭ ސަރަޙައްދުގައެވެ.
ފުޅަނދުބުރުގައި ބައިވެރިވި މުއައްސަސާތަކުގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެސްޓީއޯ، އެމްޓީސީސީ، އެމްޕީއެލް، ސްޓެލްކޯ، އާރްޑީސީ، ފެނަކަ، ކަސްޓަމްސް، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު އަދި ދިވެހި ފުލުހުންގެ ޚިދުމަތް ހިމެނެއެވެ.
މި މުއައްސަސާތަކުން ބައިވެރިކުރި ފުޅަނދުތަކުގައި އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި، ހޯދާފައިވާ ކުރިއެރުންތަކާއި، މުސްތަޤުބަލުގެ ތަޞައްވުރުތައް ދައްކުވައިދިން މަންޒަރުތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
ފުޅަނދުބުރު ބަލާލުމަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމު ރައްޔިތުން މާލޭގެ މަގުތަކަށް ނިކުމެފައިވާއިރު، ޚާއްޞަކޮށް ކުޑަކުދިން ޝައުޤުވެރިވާފަދަ ތަފާތު ފުޅަނދުތަކެއް މިއަހަރުގެ ފުޅަނދުބުރުން ފެނިގެން ގޮސްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު