ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ދުނިޔެއިން އިސްރާއީލަށް ޕްރެޝަރކުރާތީ އެމެރިކާގެ އެމްބަސެޑަރ ނުރުހުން ފާޅުކޮށްފި

ޣައްޒާގެ އާންމުން ބަނޑަށްމަރުވާތީ ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ދުނިޔެއިން އިސްރާއީލަށް ޕްރެޝަރ ކުރާތީ އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަ އެމްބަސެޑަރ މައިކް ހަކަރބީ ކަންބޮޑުވެ، ނުރުހުން ފާޅުކޮށްފިއެވެ.

މައިކް ހަކަރބީއަކީ ހަރުބިޔަ ޒަޔަނިސްޓެކެވެ.

ޣައްޒާއަށް އެތެރެކުރި އެހީގެ ޓްރަކެއްގައި ބަނޑުހައިވެފައިވާ އާންމުން އެލިގަންނަ ވީޑިއޯއަކަށް ކޮމެންޓު ކުރަމުން ހަކަރބީ ބުނެފައިވަނީ، ދުނިޔެއިން އިސްރާއީލަށް ޕްރެޝަރ ކުރުމުގެ ސަބަބުން ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރަން ޖެހުނީ ހަމާސްއަށް ހިތްވަރު ލިބިގެންދާ ކަމެއް ކަމަށެވެ. އަދި އެހީ އެތެރެކުރުމުގެ ނަތީޖާއަކަށް ވާނީ މިގޮތަށް މީހުން އުތުރިއަރައިގަތުންތަކާ ކުރިމަތިވުން ކަމަށެވެ.

މައިކް ހަކަރބީގެ ކޮމެންޓުގައި، އެމެރިކާއާއި އިސްރާއީލުގެ ޣައްޒާގައި އެހީ ބެހުމުގެ މަސައްކަތާ ހަވާލުކުރި “ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން – ޖީއެޗްއެފްގެ އަގު ވައްޓާލަން އދއާއި، ހަމާސް އަދި ބައިނަލްއަގްވާމީ އެކިއެކި ޖަމާއަތްތަކުން މަސައްކަތް ކުރާ ކަމަށް ބުނެފައި ވެއެވެ.

ޖީއެޗްއެފްއާ ގުޅޭގޮތުން އދއާއި، ހަމާސް އަދި ބައިނަލްއަގްވާމީ އެކިއެކި ޖަމާއަތްތަކުން އެތައް ދޮގު ވާހަކަތަކާއި، ޕަރޮޕަގެންޑާ ފަތުރާ ކަމަށްވެސް ހަކަރބީ ބުނެފައި ވެއެވެ. މިކަމުގައި އެމެރިކާގެ ނިއުޔޯކް ޓައިމްސް ބައިވެރިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ޖީއެޗްއެފްއިން އިންސާނީ އެހީ ބަހާ ތަންތަނުގައި ހަމަނުޖެހުން ހިންގާ ކަމަށާއި، މީހުންނަށް އަނިޔާކުރާ ކަމަށް ބުނެ އެތައް ވީޑިއޯއެއް ފަތުރަމުން ގޮސްފައިވާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

މިއަދުގެ ވީޑިއޯއާއެކު ހަކަރބީ ސުވާލުކޮށްފައިވަނީ “އދއާއި، ހަމާސް އަދި ނިއު ޔޯކް ޓައިމްސް މިހާރު އުފާވޭތޯ” ސުވާލު ކޮށްފައެވެ. ހަމަ ގައިމުވެސް ހަމާސް އުފާވާނޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

އެމެރިކާގެ އެމްބަސެޑަރ ބުނެފައިވަނީ، އޭނާ އެންމެ ހިތާމަކުރަނީ ރަހީނުކޮށްފައިވާ އިސްރާއީލުގެ އާއިލާތަކުގެ ހިތާމަ ދިގުދެމިގެންދާނެތީ ކަމަށެވެ.

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން އިސްރާއީލުން އެއްކޮށް ހުއްޓުވާފައިވަނީ މިއަހަރުގެ މާޗްމަހުގެ 2 ވަނަ ދުވަހުން ފެށިގެންނެވެ. އެކަން ކުރުން އދއަށްވެސް މަނާކުރިއެވެ.

މިކަމާހެދި، ޣައްޒާއިން ކާބޯތަކެއްޗާއި ބޯފެން ހުސްވެ، އާންމުން ބަނޑަށްމަރުވާން ފެށުމުން، މުޅި ދުނިޔޭގެ ނުރުހުމާއި ދެކޮޅުހެދުންތައް ކުރިމަތިވާން ފެށުމުން، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރާނެ މަގުތަކެއް ކަނޑައަޅައި، އަދި އެންމެ ގިނައިން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާދިނުން މަޑުޖައްސާލާނޭ ގަޑިތަކެއްވެސް އާދީއްތަ ދުވަހު އިއުލާން ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި މިހާރު ހައިހޫނުކަމުގެ އާންމު ހާލަތެއް ނެތްކަމަށް، މޮނިޓަރިންގ ގްރޫޕުން ބުނެފި

ކޮންގްރެސްއަށްވެސް އަންގައިފި، ވެނެޒުއެލާއާ ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ފަށަނީ

މޫސުން ގޯސްވެ ޣައްޒާއިން އިމާރާތެއް ވެއްޓި 17 މީހުން މަރުވެއްޖެ

ޣައްޒާ ފެނުއަޑީގައި އޮތްއިރުވެސް އާންމުން ބަނޑަށްޖެއްސުމަށް އިސްރާއީލުން މަސައްކަތް ކުރަނީ

TTH_advertisement