ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލުން ވައިގެމަގުން ޣައްޒާއަށް އެހީގެ ސާމާނު އަޅަންފެށީ ދުނިޔޭގެ ލޮލުގައި އަނދުން އެޅުވުމަށް: ހަމާސް

އިސްތިއުމާރީ ޖިނާއީ ބާރުން ވައިގެމަގުން ޣައްޒާއަށް އެހީގެ ސާމާނު އަޅަންފެށީ، ދުނިޔޭގެ ލޮލުގައި އަނދުން އެޅުވުމަށް ކަމަށް ހަމާސްއިން ބުނެފިއެވެ.

ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްތިއުމާރީ ބާރުގެ މި އަމަލަކީ، ދުނިޔެއަށް ހަގީގަތް އޮޅުވާލަން ފެށި މަކަރުވެރި އަމަލެއް ކަމަށެވެ.

މީގެ ބޭނުމަކީ، ދުނިޔޭގެ އެންމެންގެ ކުރިމަތީގައި އިސްރާއީލުގެ ނަން ހަޑިވެ، އެންމެންގެ ނުހުރުމާ ކުރިމަތިވަމުންދާތީ އެކަން ބަދަލުކޮށްލުން ކަމަށްވެސް ބުނެފައި ވެއެވެ.

އަދި މިއީ، ޣައްޒާގެ ހިސާރު ދޫކޮށްލަން ގޮވާލުމުގެ ހައްގު ނެތިކޮށްލުމާއި، ޣައްޒާ ބަނޑަށްޖެއްސުމަށް އިސްރާއީލުން ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައާއި، ދުނިޔޭގެ އެތައް ބަޔަކު ގޮވާލަމުންދާތީ އެކަން ބަދަލުކޮށްލަން ފެށި ކަމެއް ކަމަށްވެސް ހަމާސްގެ ބަޔާނުގައި ވެއެވެ.

ހަމާސްއިން ބުނެފައިވަނީ، ޣައްޒާއަށް އިންސާނީ އެތެރެކުރާ މަގުތައް ބަންދުކޮށްގެން، ކޮންޓްރޯލް ކޮށްގެން އޮވެ، ޣައްޒާއަށް ވައިގެމަގުން ކާބޯތަކެތި އަޅަން ފެށުމުން އެނގިގެންދަނީ، ބަނޑުހައިހޫނުކަން ނިމުމަކަށް ގެނައުން ނޫން ކަމަށާއި، ޣައްޒާ ބަނޑަށްޖެއްސުމަށް މުޖުރިމު ނަތަންޔާހޫގެ ސަރުކާރުން ގެންގުޅޭ ސިޔާސަތު ކަމަށެވެ.

އިސްތިއުމާރުގެ ދަށުގައި ތިބި ނިކަމެތި އާންމު ރައްޔިތުންނަށް ހިމާޔަތާއި، ލުއިތައް ދިނުމުގެ ބަދަލުގައި އިސްތިއުމާރީ ބާރުން މަސައްކަތް ކުރަނީ، އެމީހުންގެ ބޮލަށް ބޮންއަޅައި، ބަނޑަށްޖައްސައި އެމީހުންގެ ފުރާނައަށް ނުރައްކާކޮށް، އެމީހުންގެ ކަރާމާތަށް ފުރައްސާރަ ކުރުމަށް ކަމަށް ހަމާސްއިން ބުނެފައި ވެއެވެ.

ހަމާސްއިން ބުނެފައިވަނީ، ޣައްޒާގައި އާންމުވެފައިވާ ބަނޑުހައިހޫނުކަން ނިމުމަކަށް އަންނާނެ ހަމައެކަނި ގޮތަކީ، ޣައްޒާގައި ހިންގާ އުދުވާނު ހުއްޓާލައި، ޣައްޒާގެ ހިސާރު ދޫކޮށްލުން ކަމަށެވެ.

އަދި އިންސާނީ އެހީ އެތެރެކުރުމުގެ މަގުތައް ހުޅުވާލައި، އެހީގެ މަސައްކަތް އިސްރާއީލުން ކޮންޓްރޯލް ކުރުމުގެ ބަދަލުގައި އދގެ ނިޒާމުތަކުގެ ތެރެއިން އެކަން ހިގާގޮތަށް ބަދަލުކޮށްގެން ކަމަށްވެސް ހަމާސްގެ ބަޔާނުގައި ވެއެވެ.

ޣައްޒާގެ ރައްޔިތުންނަށް އެހީވުމުގެ ނަމުގައި އިސްރާއީލުން ވައިގެމަގުން ކާބޯތަކެތި އަޅާފައިވަނީ ޣައްޒާގެ އުތުރުގެ ބައިތު ލާހިއާއަށެވެ. އިސްރާއީލުން ވައްޓާލި އެހީގެ ސާމާނު ހިމެނޭ ޕެލެޓެއް، އައްރާޝިދު މަގުގައި ޖަހާފައިވާ ޓެންޓުތަކަށް އަމާޒުވެ 11 މީހުން ޒަޚަމްވިއެވެ.

ޒަޚަމްވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސްކަމަށް، އައްޝިފާ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ