ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއަރޕޯޓް: ރައީސް

ރާއްޖޭގެ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތް އަވަސްކޮށް، މިއަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ހުޅުވުމަށް އެމަނިކުފާނު ނިންމެވީ ވަރަށް ޚާއްސަ ސަބަބެއް އޮތުމުން ކަމަށެވެ. އެގޮތުން، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި އިގްތިސާދީ މިނިވަންމަކީ މުހިންމު ކަމެއްކަމަށެވެ. އަދި އެއީ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުކަމަށާއި، އެއަރޕޯޓުގެ އެންމެ މުހިންމު ތަނބަކީ އަލަށް ހުޅުވުނު ޓަރމިނަލް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައު ޓަރމިނަލާއެކު ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، ކުރިއަރައިގެންދާނެ ކަމަށެވެ. މިފަދަ ކަންކަމުގައި ދިވެހިން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށާއި ކޮންމެ ރައްޔިތަކުވެސް އަބަދުވެސް އިސްކުރަންވީ އަމިއްލަ މަސްލަހަތަށްވުރެ ޤައުމުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“އެންމެން އެކުގައި އަތުކުރި އޮޅާލައިގެން ކުރިއަށްދިއުމުގައި އަޒުމު ކަނޑައަޅަންވީ. އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގޮސްފިއްޔާ މިފަދަ އެތައް ތަރައްގީއެއް އަޅުގަނޑުމެންނަށް ހާސިލްވާނެ. ބިނާތަކާއި އަދި މާނަވީގޮތުންވެސް ޤައުމު ތަރައްގީވެގެންދާނެ. އަޅުގަނޑުމެންގެ ސިކުނޑި ތަރައްގީވާނެ. އަޅުގަނޑު އަބަދުވެސް ދަންނަވާ ވަށައި ޖެހޭ ތަރައްގީ އަޅުގަނޑުމެންނަށް ދާދި ފަސޭހައިން ހާސިލް ކުރެވޭނެ،” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ އައު ފެށުމެއް ކަމަށާއި މިއާއެކު ރާއްޖެ އެތައް ހަރުފަތެއް ކުރިއަރައިގެންދާނެ ކަމަށެވެ.

އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ތާވަލަށްވުރެ ކުރިން ނިންމުމަށް މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށާއި ޓަރމިނަލްގެ ތަރައްގީގައި ބައިވެރިވި ދެ ސަރުކާރުގެ ރައީސުންނަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޓަރމިނަލްގެ ތަރައްގީގައި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި ކުވައިތު ފަންޑާއި އަބޫދާބީ ފަންޑާއި އޯޕެކް ފަންޑުން ވެދެއްވި އެހީތެރިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ރައީސް ތާއީދު

އަންނަމަހު ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫންމަހު ގޯތިދޫކުރަން ފަށާނެ

އައްޑޫއަށް ގެއްލުނީ ހިދުމަތުގެ ނަމޫނާ ޝަހުސިއްޔަތެއް: ރައީސް

ފޯޅަވަހި “ޑީލު” ދިވެހި ސަރުކާރުން ބަލައިނުގަނޭ