ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް ތަކުރާރުކޮށް ވިދާޅުވަނީ ގައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ ދިވެހީން އަމިއްލައަށް ކަމަށް! 

410124 bc1870f3 9

ރާއްޖެއަކީ ފަހުރުވެރި މިނިވަން ގައުމެއް ކަމަށާއި މި ގައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ ދިވެހީން އަމިއްލައަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންނާއި ފުލުހުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް އެކަން ފާހަގަކުރެއްވި އިރު، މީގެ ކުރިން ވެސް އަމިއްލަވަންތަ މިނިވަން ގައުމެއްގެ ގޮތުގައި އޮންނާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވައިފައެވެ.

އެ ޖަލްސާގައި ދިވެހި ސިފައިންނާއި ފުލުހުންނަށް ސަރުކާރުން ހާއްސަ އިސްކަމެއްދެއްވާކަން ފާހަގަކުރައްވައި ރައީސް ވަނީ، އެކަމާ ބައެއް ފަރާތްތަކުން ސުވާލު އުފައްދަވާކަން ފާހަގަކުރައްވައިފައެވެ.

ރައީސް ވިދާޅުވީ ދިވެހި ގައުމު އަބަދުވެސް އޮންނަންޖެހޭނީ ރައްޔިތުން ހިމާޔަތްކުރުމަށް ތައްޔާރަށް ކަމަށެވެ. އަދި އާބާދީ ކިތަންމެ ކުޑަނަމަވެސް ގައުމުގެ ކަންކަން ބަލަހައްޓާނީ ދިވެހީން އަމިއްލައަށް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

ފަންނީގޮތުންނާއި ތަކެތީގެ ގޮތުން އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމުގައި ސަރުކާރު އޮންނާނީ ހުރިހާ ގައުމަކާވެސް އެކުގައި ކަމަށެވެ. ނަމަވެސް، އެހެން ބަޔަކު އައިސް ދިވެހި ގައުމުގެ ކަންކަމާ ހަވާލުވުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް