ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު އަދި ޖަޕާނުގެ ހާރިޖީ ވުޒާރާގެ ނައިބުވަޒީރު އިކުއިނާ އަކިކޯ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުަގއި އޮތް މި ޒިޔާރަތުގައި ރައީސް ޑރ.މުޢިއްޒުވަނީ ޖަޕާނުގެ ވަފުދަށް ޝުކުރު އަދާކުރައްވާފައެވެ. މި ވަފުދަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަަބާ ފާހަގަކުރުމަށް ބާއްވާ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ވަފުދެކެވެ.

ޖަޕާނުގެ ބޮޑުވަޒީރުގެ މަންދޫބުވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބާއްވާ ހާއްސަ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ސަރުކާރުން ދައުވަތު އެރުވީތީ ޝުކުރު އަދާކުރައްވާފައެވެ.

ޖަޕާނާއި ރާއްޖެއާ ދެމެދުގައި އޮތް ގާތް އަދި ދެމިގެންދަނިވި ގުޅުމާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި ރައީސާއި ޖަޕާނުގެ ބޮޑުވަޒީރުގެ މަންދޫބު މަޝްވަރާކުރެއްވިއެވެ. އަދި ޖަޕާނާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމާއި ދެ ގައުމުގެ ސަރުކާރުތަކުގެ މެދުގައި އޮތް ގުޅުމަށް ދެ ބޭފުޅުން އަލިއަޅުވައިލެއްވިއެވެ.

ދެ ބޭފުޅުންގެ މަޝްވަރާތަކުގައި ދެ ގައުމުން އެކުގައި މަަސައްކަތްކުރާ އަދި މަސައްކަަތްކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން އިގުތިސާދީ ތަރައްގީއާއި އުމްރާނީ ކުރިއެރުމާއި ކާރިސާތަކާ ކުރިމަތިލުމުގެ ވިލުންތެރިކަމާއި، މުވާސަލާތީ ދާއިރާއާއި ގާބިލުކަން އިތުރުކުރުމާމެދު ރައީސާއި ބޮޑުވަޒީރުގެ މަންދޫބު ވާހަކަދެއްކެވިއެވެ.

ބައްދަލުވުން ނިންމަވައިލައްވަމުން ރައީސްވަނީ ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރައްވައި އައު ދާއިރާތަކުން ގުޅުން ފުޅާކުރެއްވުމަށް އުންމީދުކުރައްވާކަން ރައީސް ހާމަކުރެއްވިއެވެ. ޖަޕާނުގެ ބޮޑުވަޒީރުގެ މަންދޫބުވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު، އެއްބާރުލުން ދިނުމުގެ ދާއިރާތައް އިތުރުކުރެއްވުމަށް އެ ގައުމުގެ ސަރުކާރުން މަސައްކަތްކުރާނެކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަޕާން ސަރުކާރުގެ އެހީގައި ދޮށީ އުމުރުގެ މީހުން ދަތުރުކުރުމަށް ބޭނުންވާ އުޅަނދެއް ގެންނަނީ

HBwFU5SbsAA6k3F

މާލޭގެ ފެންހިންދާ ނިޒާމު އޮޓޮމޭޓްކުރުމުގެ މަސައްކަތް ޖަޕާނުގެ ކުންފުންޏަކަށް

rime Minister of Japan

ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

66

ޖަޕާނު ސަރުކާރުން ރާއްޖެއަށް ސީ އެމްބިއުލާންސްއެއް ހަދިޔާކޮށްފި