ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެންގެ ނަޒަރު “ހަންޑަލާ” ފްރީޑަމް ފްލޮޓިލާއަށް، އިސްރާއީލު ސިފައިންގެ ޑްރޯންތައް ރެއިންފެށިގެން ހޯރައަޅަން ފަށައިފި

ޣައްޒާގެ ހިސާރު ފޫއަޅުވާލަން އަންނަ ބައިނަލްއަގްވާމީ އެކްޓިވިސްޓުން ހިމެނޭ “ހަންޑަލާ” ފްރީޑަމް ފްލޮޓިލާ ބޯޓު، ޣައްޒާއާ ގާތްވާ ވަރަކަށް ޒަޔަނިސްޓު ސިފައިންގެ ފާރަލުމާއި، ހަރަކާތްތައް އިތުރުކޮށްފިއެވެ.

އެގޮތުން، ބޯޓު ދަތުރުކުރަމުންދާ ސަރަހައްދުން އިސްރާއީލު ސިފައިންގެ 20 ވަރަކަށް ޑްރޯން، ރޭގައި ބޯޓު ކައިރިން ވައިގެތެރޭގައި އުދުހެނިކޮށް ފެނިފައި ވާކަމަށް، ބޯޓުން ބުނެފައި ވެއެވެ.

ޣައްޒާގެ ހިސާރު ފޫއަޅުވާލަން މީގެކުރިން ދަތުރުކުރި “މެޑްލީން” ފްރީޑަމް ފްލޮޓިލާއަށް އިސްރާއީލު ސިފައިން ހަމަލާދިން ހިސާބާ، “ހަންޑަލާ” ފްރީޑަމް ފްލޮޓިލާ މިހާރު އަރާ ހަމަވަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

ބޯޓު މިހާރު ދަތުރުކުރަމުން ގެންދަނީ، މިސްރާ ގާތުން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުންނެވެ.

“ހަންޑަލާ” ފްރީޑަމް ފްލޮޓިލާގައި ތިބި މީހުންވެސް މިހާރުވަނީ، އިސްރާއީލު ސިފައިން އެ ބޯޓަށް ހަމަލާދީ އަދި ބޯޓަށް އަރައިގަންނާނެ ކަމަށް ފުރިހަމަ ތައްޔާރުވެފައެވެ.

“ހަންޑަލާ” ފްރީޑަމް ފްލޮޓިލާ ޣައްޒާއަށް ދިއުމަށް އިޓަލީގެ ގަލިޕޮލީން ފުރާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މިއީ، ފްރީޑަމް ފްލޮޓިލާ ކޯލިޝަން – އެފްއެފްސީން ޣައްޒާގެ ހިސާރު ފޫއަޅުވާލަން ފޮނުވަމުންދާ ބޯޓުތަކުގެ ތެރެއިން އެންމެފަހުން ފުރުވާލި ބޯޓެވެ.

މި ބޯޓުގައި، މައިގަނޑުގޮތުގައި ގެންދަނީ އިންސާނީ އެހީގެ ސާމާނެވެ. އޭގެ ތެރޭގައި ހިމެނެނީ ކާބޯތަކެއްޗާއި، ބޭބީ ފޯމިއުލާއާއި، ބޭހެވެ. ބޯޓުން ދަތުރުކުރަނީ ބައިނަލްއަގްވާމީ އެކްޓިވިސްޓުންނާއި، މެޑިކަލް މީހުންނެވެ.

އެކްޓިވިސްޓުންގެ ގޮތުގައި، މަޝްހޫރު ތަރިންނާއި، ބައެއް ގައުމުތަކުގެ ޕާލަމެންޓް މެމްބަރުންވެސް ހިމެނެއެވެ.

އެހެންކަމުން، ބޯޓުގައި ތިބި އެކްޓިވިސްޓުން ގެންދަނީ، އެމީހުންނާއި އަދި ބޯޓުގެ ހިމާޔަތަށް ފިޔަވަޅު އަޅައިދިނުމަށް އެމީހުން ނސްބަތްވާ ގައުމުތަކަށް އިލްތިމާސްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ