ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާދަމާ ރޭ މާލެ ވަށައިގެން ހަ މިނެޓަށް ހަވާ އަރުވާނެ

ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ އައު ޓާމިނަލް ހުޅުވުމުގެ މުނާޞަބަތުގައި މާލޭގެ ވަށައިގެން ހަވާ އަރުވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން މިރޭ ބުނެފި އެވެ.

ދިވެހީންގެ މިނިވަން ކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވާ މާދަމާ ވީއައިއޭ ވައިގެ ބަނދަރުގެ އައު ޓާމިނަލް ހުޅުވަން ވަނީ ނިންމާފަ އެވެ. އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަކީ މިހާތަނަށް ބާއްވާ އެންމެ ކުލަ ގަދަ އެއް ރަސްމިއްޔާތަށް ވާނެ އެވެ. އެމްއެންޑީއެފުން ބުނީ ވީއައިއޭ އައު ޓާމިނަލް ހުޅުވުމުގެ މުނާޞަބަތުގައި މާލޭގެ ވަށައިގެން ހަވާ އަރުވަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ކަނޑުގެ 16 ސަރަހައްދެއްގައި، އަދި ވައިގެބަނދަރު ކައިރިން 3 ސަރަހައްދެއްގައި ހަވާ އަރުވާނެ ކަމަށް ބުންޏެވެ.

ހަވާ އަރުވާނީ މާދަމާ ރޭ 8:30 ހާއިރު އެވެ. އަދި ހަ މިނެޓް ވާންދެން ހަވާއަރުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Gw4wfrwagaaf9rg

މޫސުން ގޯސްވެ، މިނިވަން ދުވަހުގެ މިރޭގެ ހަރަކާތްތައް ކެންސަލް 

އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއަރޕޯޓް: ރައީސް

ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ޤައުމު: ރައީސް

sifain

ރައީސްގެ ޚާއްސަ މެޑަލް ސިފައިންނާއި ފުލުހުންގެ 6 އޮފިސަރަކަށް