ކުއްލި ޚަބަރު

މާޅޮހުގެ ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި 2 ބިދޭސީއަކަށް އަނިޔާވެއްޖެ

ކުލަގަދަ ރަސްމިއްޔާތަކާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވައިފި

ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ނަފާ ވަރަށް ފުރިހަމައަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް

ހަތަރުހާސް ހައުސިން ޔުނިޓް ދިވެހި ސަރުކާރާއި ރަސްމީކޮށް ހަވާލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރަމުންދާ 4000 ހައުސިން ޔުނިޓް ދިވެހި ސަރުކާރާއި ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީ ކޮށްފައިވާ މި ހައުސިން ޔުނިޓްތަކަކީ އިންޑިއާގެ އެހީގައި ތަރައްޤީ ކޮށްފައިވާ ޔުނިޓްތަކެކެވެ. މި ޔުނިޓްތައް މިހާރު ވަނީ ނިމުމަކާ ހަމައަށް އައިސްފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޔުނިޓްތައް ރަސްމީކޮށް ދިވެހި ސަރުކާރާއި ވަނީ ހަވާލުކޮށްފަ އެވެ. އެ ގޮތުން “ރަމްޒީ ތަޅުދަނޑި” ބޮޑުވަޒީރު މޯދީ ވަނީ ރައީސް މުޢިއްޒުއާ ވަނީ ހަވާލު ކުރައްވާފަ އެވެ.

ހަތަރު ހާސް ފްލެޓް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދުވެލި ހަލުވިކުރައްވައި، ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވުމަށްޓަކައި، މިދިޔަ 18 މަސްދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ސަރުކާރުގެ އަމާޒަކީ، މީގެ ތެރެއިން މަސައްކަތް މުޅީން ނިމޭ ޓަވަރުތަކުގައި މިއަހަރު މީހުން ދިރިއުޅެން ފެށުމެވެ. އަދި މި މަޝްރޫޢު ވީހައި އަވަހަކަށް މުޅީން ފުރިހަމަކުރެއްވުމެވެ.

ފާއިތުވި ސަރުކާރުގައި މަޝްރޫޢު ފަށައިގެން 669 ދުވަހުގެ ތެރޭގައި ކުރިއަށް ގެންދެވުނީ އެންބީސީސީއާ ހަވާލުކޮށްގެން އަޅަމުންދާ 2،000 ހައުސިން ޔުނިޓުގެ 38 އިންސައްތަ މަސައްކަަތެވެ. ކޭޕީއެލްއާ ހަވާލުކޮށްގެން ބިނާކުރާ 2،000 ހައުސިން ޔުނިޓުގެ 45 އިންސައްތަ އެވެ.

ނަމަވެސް މި ސަރުކާރުން ހަވާލުވި ދުވަހުން ފެށިގެން ކޮންމެ މަހަކު މަސައްކަތް ކުރިއަށްދާ މިންވަރު 1.73 އިންސައްތައިން 2.78 އިންސައްތައަށް އިތުރުކުރި އެވެ. ނަތީޖާއެއްގެ ގޮތުން މިހާރު ދެ މަޝްރޫއުގެ މަސައްކަތްވެސް 98 އިންސައްތައާ ހަމައަށް ވަނީ ނިންމާލެވިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

އައްސޭރި ޖަލުގައި ބިނާކުރި ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވައިފި

އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއަރޕޯޓް: ރައީސް

މާޅޮހުގެ ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވައި 2 ބިދޭސީއަކަށް އަނިޔާވެއްޖެ

ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ޤައުމު: ރައީސް

TTH_advertisement ELL Mobile Advertisement