ކުއްލި ޚަބަރު

ކައުންޓަރ ޓެރަރިޒަމް ކޯލިޝަންގެ މަތީ ފެންވަރުގެ ވޯކްޝޮޕެއް ބާއްވައިފި

މަދީނާގައި ހިނގި ބަސް އެކްސިޑެންޓެއްގައި އިންޑިއާގެ 42 އުމްރާ ވެރިން މަރުވެއްޖެ

ސަރުކާރުގެ ފުރަތަމަ ފްލެޓު ސްކީމަށް 4 ޖެނުއަރީން ފެށިގެން ކުރިމަތިލެވޭނެ

ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ އެމްއޯޔޫގައި އިންޑިއާއާއެކު ސޮއިކޮށްފި

އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ފާމަކޯޕިއާ އެއްބާރުލުމާ ބެހޭ އެމްއޯޔޫގައި މިއަދު ސޮއިކޮށްފިއެވެ.

އެމްއޯޔޫގައި ސޮއިކުރުން ކުރިއަށްދިޔައީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ވަނީ ޖުމްލަ އަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ އިންޑިއަން ފާމަކޯޕީއަ ކޮމިޝަން (އައިޕީސީ) އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާ ދެމެދު ފާމަކޯޕީއާ އެއްބާރުލުމާ ބެހޭ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގައި ވަނީ މިއަދު ސޮއިކޮށްފައިވާކަމަށެވެ.

މިއަދުގެ ބޭއްވުނު ރަސްމިއްޔާތުގައި، އިންޑިއަން ފާމަކޯޕިއާ ކޮމިޝަންގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އިންޑިޔާގެ ހައި ކޮމިޝަނަރު މިސްޓަރ ޝްރީ ޖީ. ބާލާސުބްރަމަނިއަން އެވެ. އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ސިއްޙަތާބެހޭ ވަޒީރު މިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ.

އެމްއޯޔޫގައި ސޮއިކުރުމަށްފަހު ޞިއްޙަތާ ބެހޭ ވުޒާރާއިން އާއްމުކުރި ބަޔާނުގައި ބުނީ ދިވެހިރާއްޖެއިން އިންޑިއަން ފާމަކޯޕީއަ (އައިޕީ) ބަލައިގަންނާނީ ރާއްޖޭގައި އުފައްދާ އަދި އިމްޕޯޓްކުރާ ބޭސްތަކުގެ މިންގަނޑުތައް ކަނޑައަޅާ ރަސްމީ ފޮތެއްގެ ގޮތުގައި ކަމަށެވެ. މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ބޭސްތަކުގެ ފެންވަރު ކަށަވަރުކުރުން އިތުރުވެ، ރެގިއުލޭޓަރީ މަރުޙަލާތައް ހަލުވިވެގެންދާނެކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން އެތެރެކުރާ ބޭސްތައް ދެވަނަ ފަހަރަށް ޓެސްޓްކުރަން ނުޖެހި، އިންޑިއާގެ އުފެއްދުންތެރިން ދޫކުރާ ސެޓްފިކެޓް އޮފް އެނަލިސިސް ދިވެހި އިދާރާތަކުން ސީދާ ބަލައިގަނެވޭނެ ނިޒާމު ހަމަޖެހިގެންދާނެއެވެ.

އެމްއޯޔޫގެ ސަބަބުން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެއެވެ. އެގޮތުން ފެންވަރު ބެލުމުގެ ތަޙްލީލުތަކަށް ބޭނުންވާ އިންޑިއަން ފާމަކޯޕީއާ ރެފަރެންސް ސްޓޭންޑަޑްސް (އައިޕީއާރްއެސް) އަދި އިމްޕިއުރިޓީ ސްޓޭންޑަރޑްސް އައިޕީއާރްއެސް މެދުވެރިކޮށް އެކަށީގެންވާ އަގުތަކެއްގައި ލިބިގެންދާނެކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. މި އެއްބާރުލުމުގެ ސަބަބުން ޖެނެރިކް ބޭސްތައް ތައްޔާރުކުރުމަށް ރަނގަޅު ފުރުސަތުތަކެއް ހުޅުވި، ދިވެހިރާއްޖޭގައި ހެޔޮއަގުތަކެއްގައި ބޭސް ލިބުމަށް މަގުފަހިވެގެންދާނެއެވެ. ދިވެހިރާއްޖެ ފަދަ ޤައުމަކަށް، މި އެމްއޯޔޫގެ ސަބަބުން ފެންވަރު ރަނގަޅު ބޭސް ލިބުން ކަށަވަރުވެ، ރެގިއުލޭޓަރީ ބުރަތަކާއި އެކަމާ ގުޅުންހުރި ޚަރަދުތައް ކުޑަވެގެންދާނެއެވެ.

ޞިއްޙަތާބެހޭ ވަޒީރު، އިންޑިއާ ސަރުކާރާއެކު ވެވުނު މި އެއްބަސްވުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. މި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ބޭސް ރެގިއުލޭޓްކުރުމުގެ އޮނިގަނޑާއި ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް އިންޑިއާ ސަރުކާރުން ދެއްވާ މުހިންމުކަން ދައްކުވައިދޭ ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރާ މަސައްކަތުގައި އަބަދުވެސް އެހީތެރިވާނަން: އިންޑިއާ

ހަނިމާދޫ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއް

އިންޑިގޯއިން ޓްރިވެންޑްރަމުން މާލެއަށް ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަނީ

India

އިންޑިޔާއަށް ދަތުރުކުރުމުގެ ކުރިން އެރައިވަލް ކާޑު ފުރުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފި

TTH_advertisement