ކުއްލި ޚަބަރު

64 އަހަރުގެ ލޯބިވެރިޔާއަށް ހަމަލާދިން 32 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފި

ހައިކޯޓުގެ ފަނޑިޔާރުކަމުން ނިޔާޒް ރިޓަޔާކުރައްވައިފި

ބޭސް ކުންފުނީގެ ޗެއާޕާސަން ކަމަށް ހަލީމް، ބީސީސީގެ ޗެއާޕާސަން ކަމަށް ޝަހީދު

ޣައްޒާ ބަނޑަށްޖެއްސުމުގެ ޒިންމާ އދގެ ބޮލުގައި އަޅުވައި، އިސްރާއީލުން ސަލާމަތްވާން މަސައްކަތްކުރަނީ

ކާއެއްޗެހި ނުލިބި ޣައްޒާގައި ބަނޑުހައިހޫނުކަން އާންމުވުމުގެ ޒިންމާ އުފުލަންޖެހޭނީ އދއިން ކަމަށް ބުނެ އިސްރާއީލުން ދައްކާ ވާހަކަތައް އދއިން ދޮގުކޮށް، އިސްރާއީލަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފިއެވެ.

ފަލަސްތީނު ރެފިއުޖީންނާބެހޭ އދގެ އޭޖެންސީ، އަންރުވާގެ އެކްޓިންގ ޑިރެކްޓަރ ސޭމް ރޯސް ވިދާޅުވީ، ޣައްޒާގައި ބަނޑުހައިހޫނުކަން އާންމުކުރުމުގެ ކުށް އިސްރާއީލުގެ ބޮލުގައި އެޅޭތީ، މިހާރު  މަސައްކަތް ކުރަމުން ގެންދަނީ ހަގީގަތް އޮޅުވާލައި އެހެން ބައެއްގެ ބޮލުގައި އިލްޒާމު އެޅުވުމަށް ކަމަށެވެ.

ސޭމް ރޯސް ވިދާޅުވީ، ޣައްޒާއަށް އެތެރެކުރާ ހުރިހާ އެހީގެ ސަމާނެއް ކޮންޓްރޯލް ކުރަނީ އިސްރާއީލުން ކަމަށެވެ.

އޭނާ ވިދާޅުވީ، ޣައްޒާއަށް އެތެރެކުރަން އިންސާނީ އެހީގެ ސާމާނު ބަރުކޮށްފައިވާ 6،000 ޓްރަކް މިހާރުވެސް އެބައޮތް ކަމަށެވެ. އެއީ، ޣައްޒާއަށް ތިންމަސް ދުވަހަށް ބޭނުންކުރެވޭނޭ ސާމާނު ކަމަށްވެސް ސޭމް ރޯސް ވިދާޅުވިއެވެ.

ނަމަވެސް، އެހީގެ ސަމާނު ޣައްޒާއަށް އެތެރެކުރަން އިސްރާއީލުން މިހާރުވެސް ގެންދަނީ ހުރަސްއަޅަމުން ކަމަށް ވިދާޅުވިއެވެ.

އދއަށްވެސް ޣައްޒާއަށް އެއްވެސް އެއްޗެއް އެތެރެކުރެވެނީ އިސްރާއީލުން ހުއްދަ ދިނުމުންނެވެ.

ނުވިތާކަށް، ޣައްޒާގެ ސަރަހައްދީ އިމުގެ އެކި ހިސާބުތަކަށް އިސްރާއީލު ސިފައިން ގެންދަނީ މެދުނުކެނޑި ބޮންއަޅަމުންނެވެ.

އދއަށް އެއްވެސް އެއްޗެއް އެތެރެކުރެވެނީ، އިސްރާއީލު ސިފައިން ބޮންއެޅުން ހުއްޓާލައި، އެއްޗެއް އެތެރެކުރަން ހުއްދަ ދިނުމުންނެވެ.

ހަމާސްއަށް އަދަބުދިނުމުގެ ނަމުގައި، ޒަޔަނިސްޓު ދައުލަތުން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓުވާފައިވަނީ މިއަހަރުގެ މާޗްމަހުން ފެށިގެންނެވެ.

މިކަމުގެ ސަބަބުން ޣައްޒާގައި މިހާރުވަނީ ބަނޑުހައިހޫނުކަން އާންމުވެފައެވެ. އަދި ކާނޭ އެއްޗެއް ނުލިބި ކޮންމެ ދުވަހަކު އެތައް ބަޔަކު މަރުވާން ފަށާފައިވާއިރު، ހާލުދެރަވެގެން ހޮސްޕިޓަލްތަކަށް ގެންދާ މީހުންގެ އަދަދުވެސް އިތުރުވާން ފަށާފައި ވެއެވެ.

ހަނގުރާމައިގެ ހާލަތުގައިވެސް ކާބޯތަކެތި އަދި އިންސާނީ އެހީއަށް ހުރަސްއެޅުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ދުނިޔޭގެ ގާނޫނުގައި ކަނޑައެޅިފައި އޮތުމާއި، ޣައްޒާ ބަނޑަށްޖެއްސުމުގެ ޒިންމާ އިސްރާއީލުން ބޮލުގައި އަޅަންޖެހޭތީ މިހާރު ގެންދަނީ އެކަމުން ރެކެން މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ހ ހުސޭ
އދ ބަރާބަރައް ޒިންމާ ނަގަން ޖެހޭނެ. އިޒުރާއީލް އެކުރާކަމެއް ނުކުރެއެކޭނުން. އައްޒާތަޅާ ސުނަްނާފަތިކޮއް ކުޑަކުދީންނާ އެތާތިބި އެއްމެން މަރާހުސްކުރާއިރުވެސް ތި އަލިފްތާ ނިދާފަ

ގުޅުންހުރި

އދގެ ކޮމްޕައުންޑެއް ރެއިޑްކޮށް، އދގެ ދިދަ ތިރިކޮށް އިސްރާއީލުގެ ދިދަނެގި މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފި

އެއްބަސްވުމުގެ ދެވަނަ މަރްހަލާއަށް ދިއުމަށް އިސްރާއީލަށް ޕްރެޝަރ ކުރުމަށް ހަމާސްއިން ގޮވާލައިފި

ގަތަރާއި އިސްރާއީލުގެ “ގުޅުން ރަނގަޅުކުރަން” ނިއުޔޯކްގައި ސިއްރު ވާހަކަތަކެއް

ފަލަސްތީނު ގައުމީ ޓީމުގެ ކޯޗަށް އެންމެބޮޑު ހިތްވަރަކާއި އުންމީދެއް ދެނީ ޣައްޒާގައި ހުރި އޭނާގެ މަންމަ

TTH_advertisement