ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައުމީ ލޯބި ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން: ރައީސް 

Dsc 0007

ގައުމީ ލޯބި ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވެލިދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް މިރޭ ވިދާޅުވީ ގައުމު ދެކެ ލޯބިވުމަކީ ކޮބައިކަން އޭގެ ފުރިހަަމަ މާނައިގައި ޅަ ދަރިންނަށް ކިޔައިދޭން ކަމަށެވެ.

އެކަން ކުރެވޭނީ އަމިއްލަ ކަންކަމަށްވުރެ ބޮޑަށް ގައުމު އިސްކުރި ދުވަހަކުން ކަމަށާއި ސިޔާސީ އޮއިވަރު އެއީ ގައުމީ ލޯބި ކުރިމަތީގައި އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން ކަމަށެވެ. އަދި ދިވެހީން އިސްކުރަންވީ ގައުމު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިން އިސްކުރަންޖެހޭނީ ދިވެހިވަންތަކަން، އިސްލާމްދީން، ދިވެހި ބަސް، އަމިއްލަވަންތަކަން އަދި ގައުމިއްޔަތު ކަމަށާއި އެކަން އިސްކޮށްގެން ނޫނިއްޔާ ކިތަންމެ އެއާޕޯޓެއް ހެދިޔަސް، ކިތަންމެ ބަނދަރެއް ހެދިޔަސް، ކިތަންމެ މަގެއް ހެދިޔަސް، ސްކޫލެއް ހެދިޔަސް، ހޮސްޕިޓަލެއް ހެދިޔަސް ހަގީގީ ތަރައްގީއެއް ނާންނާނެ ކަމަށެވެ.

ވަށާޖެހޭ ތަރައްގީއެއް އަންނާނީ އެ ތަރައްގީ އަމިއްލަ ނަފުސާ ހިސާބުން ގެންނަން ފަށައިގެން ކަމަށާއި އަމިއްލަ ނަފުސަށް ގެންނަ ތަރައްގީއަކީ ސަރުކާރުން ހިންގާ މަޝްރޫއަކުން ގެނެވޭނެ ތަރައްގީއެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް