ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖެނުއަރީ މަހު ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމުކޮށް، އޮޕަރޭޝަން ފެށޭނެ: ރައީސް 

Dsc 5998

އަންނަ އަހަރުގެ ޖެނުއަރީ މަހު ނ. ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމުކޮށް، ސީޕްލޭން އޮޕަރޭޝަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވެލިދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް މިރޭ ވިދާޅުވީ އަންނަ އަހަރު ޖެނުއަރީ މަހު ވެލިދޫގައި ސްޓޭޝަންކޮށްފައި ބާއްވާ ސީ އެމްބިއުލާންސެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ.

ވިހަފަރުގައި ހަދާ އެއާޕޯޓު ގާއިމުކުރެވެންދެން ވެސް އަދި ފަހުން ވެސް ބޭނުންވަންޏާ ބޭނުންކުރުމަށްޓަކައި ވެލިދުއަށް ހާއްސަކޮށްގެން ސީޕްލޭން ޕްލެޓްފޯމެއް އަންނަ އަހަރު ޖެނުއަރީ މަހު ގާއިމުކޮށްދީ، ގަވާއިދުން ސީޕްލޭން އޮޕަރޭޝަން ފަށައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއާޕޯޓުގެ އުންމީދު ވެސް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށާއި ވިހަފަރުގައި ގާއިމުކުރާ އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށައި، ބާރު ސްޕީޑުގައި ގެންގޮސް، ވަރަށް ފުރިހަމަކަމާއެކު ނިންމަވައިދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް