ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

ހޮޅުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫގައި އިމާރާތްކުރުމަށް ހަމަޖައްސާފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު މިހާރު މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބުދުﷲ ރާފިއުއެވެ.

ނ. ހޮޅުދޫގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުގެ އިތުރުން އެމަނިކުފާނުގެ އަރިހުގައި މިލަދުންމަޑުލު ދެކުނުބުރިއަށް ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފަވެއެވެ.

މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫގައި މިއަދު ބިންގާ އެޅުނު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެެ.

މި މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެރަށު ކައުންސިލުގެ ރައީސް ރިޟްވާން މުހަންމަދު ވިދާޅުވީ ރަށުގައި ބިންގާ އެޅުނު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނުހުއްޓި ބާރު ދުވެލީގައި ކުރިއަށްދާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާފައިވާކަމަށެވެ. އަދި އެތަނަކީ ގިނަ އަދަދެއްގެ އިންޑޯ ކުޅިވަރުތައް ކުޅެވޭގޮތަށް ފަރުމާކޮށްފައިވާ ތަނެއްކަމަށާ، މި މަޝްރޫޢުގެ އިތުރުންވެސް ސަރުކާރުން އިސްނަންގަވައިގެން ރަށުގައި އިތުރު ކުޅިވަރު މަޝްރޫޢެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ.

އެގޮތުން ރަށުގެ ރައްޔިތުންނަށްޓަކައި ތިން ބެޑްމިންޓަން ކޯޓު ހަދަމުންދާއިރު މި މަޝްރޫޢު މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ނިމޭނެކަމަށްވެސް އޭނާ ވަނީ މައުލޫމާތުދެއްވާފައެވެ. މިއީ ކުރީ ސަރުކާރުގައި ފައްޓަވާ ނުނިމިވަނިކޮށް މިސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއެއްކަމަށްވެސް ކައުންސިލުގެ ރައީސް ވިދާޅުވެފަވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ގިނަ ރަށްތަކެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ މަސައްކަަތްފެށިގެންދާއިރު އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމަކީ ސަރުކާރުގެ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

ހޮޅުދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފި

ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން އަރާކުރި ހޯދައިފި

ނ. ހޮޅުދޫގައި ކުރިއަށް ގެންދިޔަ ރިސާލަތު އަދި ނަމާދު ޕްރޮގުރާމަށް ބޮޑު ތަރުޙީބެއް!

Zakk

ޒަކިއްޔާގެ މަރުގެ މައްސަލާގައި ހޮޅުދޫ ޕޮލިސް ސްޓޭޝަން ކުރިމަތީ މުޒާހަރާކޮށްފި

TTH_advertisement