ކުއްލި ޚަބަރު

އެމްޑީޕީން ވަކިވި ސަބަބު އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެ: މަހުލޫފު

ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ފަހުމީ އައްޔަންކޮށްފި

މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި

އެމްޕީއެލް މުވައްޒަފުން ތަމްރީނު ކުރުމަށް އެމްއެންއެސްޑީއޭ އާއިއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޕޯޓް ޓްރެއިނިންގ ސެންޓަރާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ އެމްޕީއެލްގެ މުވައްޒަފުންނަށް އިންސްޓިޓިއުޝަން-ބޭސްޑް ތަމްރީނު ފޯރުކޮށްދިނުމާއި، ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފެންވަރު މަތިކުރުމެވެ.

މި އެއްބަސްވުމުގެ މުހިންމު އަމާޒުތަކުގެ ތެރޭގައި އެމްޕީއެލްގެ މުވައްޒަފުންނަށް ހުނަރުވެރިކަމަށް އަމާޒުކޮށްގެން ދެވޭ ތަމްރީނުތަެ ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން މުވައްޒަފުންނަށް ޤައުމީ ފެންވަރުގައި ޤަބޫލުކުރެވޭ ސަނަދުތައް ހާސިލުކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

މި އެއްބަސްވުމަކީ، އެމްޕީއެލްއިން ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ ހުނަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މިފަދަ މުހިންމު އެއްބަސްވުންތަކަކީ ޤައުމީ ފެންވަރުގައި މަސައްކަތްތެރިންގެ ފެންވަރު މަތިކުރުމަށް އެޅޭ އިތުރު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމާލޭ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ދޫކުރަން ހުޅުވާލައިފި

B pui41eu8ifqyznhtro4ldenx8

އެމްޑީޕީން ވަކިވި ސަބަބު އެނގެންޖެހޭ ފަރާތްތަކަށް ސާފުވާނެ: މަހުލޫފު

އައިލެންޑް އޭވިއޭޝަންގެ އައު އޮފީސް އިމާރާތުގެ ބިންގާއަޅައިފި

11

ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް ފަހުމީ އައްޔަންކޮށްފި

TTH_advertisement ELL Mobile Advertisement