ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިނިވަން ދުވަސް ފާހަގަކުރަން ފުޅަނދުބުރާ އެކު ގިނަ ހަރަކާތްތަކެއް

112

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން، ފުޅަނދުބުރާ އެކު މާލޭގައި ގިނަ ހަރަކާތްތަކެއް ބާއްވަން ސަރުކާރުން ތައްޔާރުވެއްޖެއެވެ.

މިފަހަރުގެ ޖުލައި 26 ގައި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭނެ އެވެ. ގިނަ ބައެއްގެ ބައިވެރިވުމާ އެކު މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރަން، ޖުލައި 28 އާ ހަމައަށް ސަރުކާރު ވަނީ ބަންދުކޮށްފައެވެ.

މިނިވަން ދުވަހު ބާއްވަން ނިންމާފައިވާ ރަސްމިއްޔާތުތަކާއި ހަރަކާތްތައް އަދި ކުޅިވަރުތަކުގެ ތަފްސީލްތައް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓްރީން މިއަދު ވަނީ އާއްމުކޮށްފައެވެ.

މިނިވަން ދުވަހުގެ ހަރަކާތްތައް

– ޖުލައި، 26 (އަންނަ ހޮނިހިރު) ދުވަހުގެ ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައި ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު

– އެ ދުވަހުގެ ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް އޮންނާނެ. (އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ރާއްޖޭގެ ގައުމީ ކެޑޭޓުކޯގެ ޕެރޭޑާއި ސްކޫލުތަކުގެ ކުޅިވަރުތަކާއި ސަގާފީ ކުޅިވަރުތައް)

– މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ އާދީއްތަ ދުވަހުގެ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގައި

– ޖުލައި 27 (އާދީއްތަދުވަހުގެ) ހަވީރު އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ރާއްޖޭގެ ގައުމީ ކެޑޭޓުކޯގެ ޕެރޭޑު، މާލެ އާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދާނެ.

– އެ ރޭ 8:30 ގައި މާލޭގެ ބޮޑެތި މަގުތަކުގައި މިނިވަން ދުވަހުގެ ފުޅަނދުބުރު

– އާދީއްތަދުވަހުގެ ރޭ މާލެ އާއި ހުޅުމާލެ ބޮޑެތި މަގުތަކުގައި ޕެރޭޑް އޮންނާނެ

– ހޯމަ ދުވަހުގެ ރޭ ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ވެސް މިނިވަން ދުވަހުގެ ފުޅަނދުބުރު އޮންނާނެ

– މިނިވަން ދުވަހުގެ ފުޅަނދުބުރު އޮންނާނީ ހޯމަ ދުވަހުގެ ރޭ 8:30 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި.

މިނިވަން ދުވަހު ބާއްވާ ފުޅަނދުބުރާއި ދަނޑުގައި އޮންނަ ކުޅިވަރާއި ޕެރޭޑަކީ އާންމުންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރުތަކެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ފަހު ސަރުކާރުގެ އޮފީސްތައް ހުޅުވާނީ މި މަހުގެ 29 ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Gw4wfrwagaaf9rg

މޫސުން ގޯސްވެ، މިނިވަން ދުވަހުގެ މިރޭގެ ހަރަކާތްތައް ކެންސަލް 

އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއަރޕޯޓް: ރައީސް

ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ޤައުމު: ރައީސް

sifain

ރައީސްގެ ޚާއްސަ މެޑަލް ސިފައިންނާއި ފުލުހުންގެ 6 އޮފިސަރަކަށް