ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

މާލެ ދާރުލްއަރްޤަމްއާއި ހުޅުމާލެ ދާރުލް ސަލާމް އިމާރަތްކޮށްދޭނެ ފަރާތެއް ހޯދަނީ

112

މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަޤުފް ޢިމާރަތްކަމަށްވާ ދާރުލް އަރުޤަމްއާއި ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލް ސަލާމް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

މާލޭގައި ދާރުލް އަރުޤަމް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީގެ ހެންވޭރު އަވަށުގެ 64 ނަންބަރު ކޮށީގައިއެވެ. އަދި ހުޅުމާލޭގައި ދާރުލް ސަލާމް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި (ލޮޓް ނަންބަރު: 11646) އެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު” ގައިވާ ގޮތުގެމަތީން ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރި އިޢުލާނުގައި ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށްފަހު، މަޢުލޫމާތު ސާފުކުރުމަށްފަހު އެ ވުޒާރާއަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވުޒާރާއަށް ލިންކު މެދުވެރިކޮށް ފޯމު ހުށަހަޅަން ޖެހޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު އޮގަސްޓް 5 ވާ އަންގާރަ ދުވަހުގެ 10:00 ކުރިން އީމެއިލް މެދުވެރިކޮށް ނުވަތަ 3020252 3020212 ނަންބަރާ ގުޅައިގެން ސާފުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރި “މަސްޖިދުލްއީމާން” އަންނަ ހަފްތާގައި ހުޅުވަނީ

ގުރުއާން ހިތުދަސްކޮށް ނިންމާ ހާފިޒުންނަށް ބުރުޒު ކޭޓަރިންއިން ހާއްސަ އިނާމެއް ދެނީ

ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ފަށައިފި

ޙާފިޡުންނަށް މެޑެއްޔާއި އިނާމު ދިނުން އޮންނާނީ ރަމަޟާން މަހުގެ 27 ވިލޭރޭ

TTH_advertisement