ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެ އާއި އިންޑިއާއާ ދެމެދު އެފްޓީއޭއެއް ހަދަން މަޝްވަރާކުރަނީ

112

ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ހަދަން މަޝްވަރާކުރަމުން އަންނަ ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

މޯދީ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މި މަހު 25 އިން 26 އަށެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ މިއަދު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ މޯދީ ރާއްޖެ ވަޑައިގަތުމުގެ ކުރިން އެފްޓީއޭ ހެދުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ އިތުރުން އިންވެސްޓްމަންޓް ޓްރީޓީއެއް ހަދަން ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކޮށް، އިޔާދަކުރަނިވި ހަކަތަ ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރަން ވެސް ދެ ގައުމުން އަންނަނީ މަޝްވަރާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހަދާ އެފްޓީއޭއާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދާނެ ގޮތުގެ ފްރޭމްވޯކެއް ކަނޑައަޅައިފި

Mussss

އިންޑިއާއިން ދޭ 20 ސްކޮލާޝޮޕަށް ކުރިމަތިލާން ހުޅުވާލައިފި

އިންޑިއާ އިން އެހީގެ ގޮތުގައި މިއަހަރު ރާއްޖެއަށް ކަނޑައެޅީ 59 މިލިއަން ޑޮލަރު

ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރާ މަސައްކަތުގައި އަބަދުވެސް އެހީތެރިވާނަން: އިންޑިއާ