ނ. މަނަދޫގައި ދިވެހި ޕާސްޕޯޓުގެ ހިދުމަތް ފަށައިފިއެވެ.
އެ ހިދުމަތް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. މަނަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.
އެ ބައްދަލުވުމުގައި، އެ ހިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރު އިހުސާން ވަނީ މަނަދޫގެ ރައްޔިތަކާ ޕާސްޕޯޓެއް ހަވާލުކޮށްދެއްވައިފައެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ. އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް އިފްތިތާހުކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު