ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަފަރީ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމަށާއި، މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރަން ހަވާލުކޮށްފި

ނ. ކުޑަފަރީ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ތަރައްޤީކުރުމަށާއި އެއަތޮޅު މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ނ. ކުޑަފަރީގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ. މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

ފެނަކަ ކޯޕަރޭޝަނާ މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 10.9 މިލިޔަން ރުފިޔާއަށެވެ.

މި މަސައްކަތުގެ ދަށުން 4 އެނދުގެ ވޯޑެއް އިތުރުކުރުމަށާއި ޕްރައިވެޓް ރޫމެއް ތަރައްޤީކުރާނެއެވެ. އަދި ނާސް ސްޓޭޝަނާއި މީޓިންގ ހޯލްއާއި ޕަބްލިކް ހެލްތު ޔުނިޓް ތަރައްޤީކުރުމުގެ އިތުރުން ޕޯޓިކޯ ޤާއިމްކުރާނެކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. މި މަސައްކަތް ނިންމުމަށް ފެނަކައާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައެވެ.

ނ. ކުޑަފަރީ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 27.6 މިލިޔަން ރުފިޔާއަށެވެ. މި މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ކުޑަފަރީގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ތަރައްޤީކުރުމަށް އެމްޓީސީސީއެކު ވެވުނު އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފެވެ. އަދި މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމަށް އާރްޑީސީއާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާއިން ސޮއިކުރެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޢަބްދުﷲއެވެ.

މި އެއްބަސްވުމުގައި ފެނަކައިން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އާރިފްއެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ދިއްގަރުގައި އަޅަން ނިންމި 75 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް

Q

ކުޑަރިކިލުގައި ސޯލާ-ޑީސަލް ބެޓެރި ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކޮށް ނިމިއްޖެ

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި