ކުއްލި ޚަބަރު

ފްލެޓް ހޯދަން އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން ނުޖެހޭ ގޮތް ހަދައިފި

ގެދޮރުވެރިޔާ ފުލެޓު އެއްބަސްވުންތަކުގައި އަންނަ ހޯމަ ދުވަހު ސޮއިކުރަން ފަށަނީ

މަސްތުވާތަކެއްޗާއެކު ފުލުހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި 

އިތުރު ޚިދުމަތްތަކާއި ފަސޭހަތަކާއެކު އެމް.ޑަބްލިޔު.އެސް.ސީ މޯބައިލްއެޕް ޢާންމު ކޮށްފި

އެމް.ޑަބްލިޔު.އެސް.ސީއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދުވަހުން ދުވަހަށް ރަގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުންފުނީގެ އެޕަށް ބޮޑެތި ބަދަލު ތަކެއް ގެނެސް މިއަދު ޢާންމު ކޮށްފިއެވެ.

މިބަދަލުތައް ގެނެވިފައިވަނީ އެމް.ޑަބްލިޔު.އެސް.ސީގެ އެޕް ކުރިއަށް ވުރެ ސާދާކުރުމާއެކު، ޚިދުމަތްތައް ލިބިގަތުން ފަސޭހަ ކޮށްދިނުމާއި އަވަސް ކޮށްދިނުމަށް އަމާޒުކޮށްގެން ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

މިއަދު އެމް.ޑަބްލިޔު.އެސް.ސީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ބަދަލުތަކާއެކު މޯބައިލް އެޕްލިކޭޝަން ޢާންމު ކޮށްދެއްވީ އެމް.ޑަބްލިޔު.އެސް.ސީގެ ޗެއަރޕާރސަން އަލްފާޟިލާ ޝަމްޙޫޒާ އަޙުމަދު އާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދުއެވެ. މިރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ ބޯޑު ޑިރެކްޓަރުންނާއި މެނޭޖްމަންޓް ޓީމުން ބައިވެރިވެ ވަޑައިގަތެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕްލިކޭޝަނަށް އިތުރު ބަދަލުތަކެއް ގެނެވިފައި މިވަނީ ޚިދުމަތްތައް ހޯދުމަށް ކައުންޓަރަށް އައުމުގެ ބަދަލުގައި، މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް އެދި ހުށައެޅުމާއި، ބިލްތަކަށް ފައިސާ ދެއްކުމާއި، އަދި އެހެނިހެން ޚިދުމަތްތައް ލިބިގަނެވޭނެ ގޮތަށް މަގު ފަހިކޮށްދިނުމަށެވެ.

މޯބައިލް އެޕަށް މި ގެނެވުނު ހެޔޮބަދަލުތަކާއެކު، ކުރިން އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕްލިކޭޝަންއިން ލިބެމުން ދިޔަ ޚިދުމަތްތަކާއި އަދި އީ-ޕޯޓަލް މެދުވެރިކޮށް ލިބެން ހުރި ހުރިހާ ޚިދުމަތްތައް، އައު ޚިދުމަތްތަކާއެކު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ފޯރުކޮށްދެވޭނެއެވެ.

މިގޮތުން ތިރީގައިވާ ޚިދުމަތްތައް އެމް.ޑަބް.ލިޔު.އެސް.ސީ ގެ އެޕްގައިވަނީ އަލަށް ހިމެނިފައެވެ.
1- އީފާސް މެދުވެރިކޮށް ފަސޭހަކަމާއެކު މޯބައިލް އެޕްލިކޭޝަންއަށް ލޮގިން ކުރެވުން
2- އީފާސް އިން ލޮގިން ކުރުމާއެކު އެފަރާތެއްގެ ނަމުގައިވާ ހުރިހާ މީޓަރެއް ފެންނަން ހުރުން.
3- ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް އޮންލައިންކޮށް އެދި ހުށައެޅުން.
4- ކަސްޓަމަރުން އެދިފައިވާ ޚިދުމަތްތަކުގެ ތަފްޞީލާއި، އެޚިދުމަތުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ އަދާހަމަ ވަގުތުން ބެލޭނެގޮތް ވުމާއި އެ ޚިދުމަތްތަކަށް އެޕް މެދުވެރިކޮށް ފައިސާ ދެއްކުން.
5- މަލްޓިޕޭ މެދުވެރިކޮށް އެކި އެކައުންޓުތަކުގެ ބިލްތަކަށް އެއްފަހަރާ ފައިސާ ދެއްކުން.
6- މީޓަރގެ ރީޑީންގ އާއި ފޮޓޯއެއް އަޕްލޯޑް ކޮށްލައިގެން މަހުގެ ކޮންމެ ހިސާބެއްގައިވެސް ބިލް ހެދުމަށް ރިކުއެސްޓް ކުރެވުން.
7- ސްމާޓް މީޓަރ މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުން ފެން ބޭނުންކުރަމުންދާ މިންވަރާއި ބިލަށް އަރާ ފައިސާގެ މިންވަރު ދުވަހުން ދުވަހަށް ބަލާލެވުން.
8- ސްމާޓް މީޓަރ ތަކުން އެވަގުތަކު ބިލަށް އަރާފައިވާ މިންވަރު ދެނެގަނެވުން
9- ސްމާޓް މީޓަރތަކުން އެމަހެއްގެ އަންދާޒީ ބިލްގެ މިންވަރު ދެނެގަތުން.
10- އެއް އަހަރު ދުވަހުގެ އެކައުންޓް ސްޓޭޓްމަންޓް ބަލާލެވުން

އާ ޚިދުމަތްތަކާއެކު ކުންފުނީގެ އެޕް އަލުން ޢާންމު ކުރުމަކީ ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ކަސްޓަމަރުން ކުންފުނީގެ ޚިދުމަތްތައް ހޯދުމުގައި ވީހާވެސް ލުއިފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް . މަތީން

އަދި މިއެޕްލިކޭޝަނަށް މިގެނެވުނު ބަދަލަކީ “މޯލްޑިވްސް 2.0” ގެ ދަށުން ކުންފުނިން ކުރިޔަށްގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބައެއް ކަމަށާ މި ބަދަލުތަކާއި އެކު މި އެޕް ބޭނުންކުރުމުގައި ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެ ކުންފުނީގެ ޚިދުމަތްތައް އަވަސް ވެގެން ދާނެކަމުގައިވެސް މެނޭޖިން ޑިރެކްޓަރ ފާހަގަ ކުރެއްވިއެވެ.

އެމް.ޑަބްލިޔު.އެސް.ސީ މޯބައިލް އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނީ އެޕްލް އެޕްސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރ މެދުވެރިކޮށެވެ. އެޕްލިކޭޝަން އާއި ގުޅުންހުރި އިތުރު މަޢުލޫމާތާއި އެހީތެރިކަން މިކުންފުނީގެ ކަސްޓަމަރ ސަރވިސް ހޮޓްލައިން 105 އިން ފޯރުކޮށްދެމުން ގެންދާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓް mwsc.com.mv ގައި މި އެޕާގުޅޭ މުހިންމު މަޢުލޫމާތުތައް ޝާއިޢުކުރެވިފައިވެއެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކޮށް ކުރި އަރުވައި، އޭގެ މަންފާ އާއި ލާބަ ކުންފުންޏަށާއި ދިވެހި މުޖްތަމަޢަށް ފޯރުކޮށްދިނުމެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތަކުގެ އެހީގައި ، ސާދާ ކަމާއެކު އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދެމިތޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އިބުރޭ
ތިޔަ އެޕުން އިތުރު ފަސޭހަކެއް ހަލުއިކަމާއިއެކު ލިބޭނަމަ ރަގަޅު، ބޭނުން ކުރީމަ ވާގޮތެއްއެގޭނީ ދޯ؟
އ އަލީ އިބުރާހިމް
ތައުލީމީ މީހުން މެނޭޖްމަންޓުގައި ތިބުމުން ލިބޭ ފައިދާ ތިފެންނަނީ، މީ ނަމޫނާ ލީޑަރޝިޕެއް!

ގުޅުންހުރި

ރައީސްގެ ދަރިކަލުންގެ އަބުރަަށް އަރައިގަތްކަން ސާބިތުވާކަމަށް ކޯޓުން ހުކުމްކޮށްފި

ސުޕްރީމް ކޯޓު ވަގުތީގޮތުން ހިންގުން ފަނޑިޔާރު ހަމީދުއާ ހަވާލުކުރަން ޖޭއެސްސީ އިން ނިންމަވައިފި

އިންޑިޔާގެ ބޮޑުވަޒީރު މޯދީ ޖުލައި 25 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

health ministry

ނަފްސާނީ ޞިއްހަތުގެ ޤައުމީ ހެލްޕްލައިނަށް މައްސަލައެއް ދިމާވުމުން ވަގުތީ ނަަންބަރެއް ދީފި

ELL Mobile Advertisement TTH_advertisement