ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެމިލިއަނަށްވުރެ ގިނަމީހުން ބަނޑަށް: ޣައްޒާ ސަރުކާރުގެ އަސަރުން ފުރިގެންވީ އިލްތިމާސެއް ދުނިޔެއަށް

ޣައްޒާގެ ދެމިލިއަނަށްވުރެ ގިނަ ރައްޔިތުން ބަނޑަށް މަރުވަމުންދާތީ، ޣައްޒާ ސަރުކާރުން ދުނިޔެއަށް އަސަރުން ފުރިގެންވީ އިލްތިމާސްއެއް ކޮށްފިއެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން އާންމުކުރި ބަޔާނެއްގައި، ޣައްޒާގެ ރައްޔިތުންގެ މެދުގައި އާންމުވެފައިވާ ބަނޑުހައިހޫނުކަމާއި، ބަނޑަށް މަރުވުމުން ސަލާމަތް ކޮށްދިނުމަށް ދުނިޔެއަށް އެތައް ކަމެއް ހުށަހަޅާފައި ވެއެވެ.

އެގޮތުން، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ސިޔާސީނުކޮށް، އިންސާނީ އެހީ އެތެރެކުރާ ދޮރުތައް ހުޅުވައި ވީހާވެސް އަވަހަކަށް ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ފެށޭނޭގޮތެއް ހަދައިދިނުމަށް ދުނިޔެއަށް އިލްތިމާސް ކޮށްފައި ވެއެވެ.

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކާބޯތަކެއްޗާއި އިންސާނީ އެހީ ހަތިޔާރަކަށް ހަދައިގެން އުޅޭ އުޅުން ހުއްޓުވައި ދިނުމަށާއި، ޣައްޒާގެ ހިސާރު ނިމުމަކަށް ގެނައުމަށް އިސްރާއީލަށް ޕްރެޝަރ ކޮށްދިނުމަށްވެސް، ޣައްޒާ މީޑިއާ އޮފީހުގެ ބަޔާނުގައި ގޮވާލާފައި ވެއެވެ.

މިކަމާމެދު އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށާއި، ދުނިޔޭގެ ހުރިހާ ގައުމުތަކަށާއި، އދއާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކަށާއި، ބައިނަލްއަގްވާމީ ގާނޫނީ ޖަމިއްޔާތަކަށާއި، ސިޔާސީ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައި ވެއެވެ.

އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓުވާފައިވަނީ، ޣައްޒާގެ ރައްޔިތުން ބަނޑަށްޖެއްސުމަށްކަން މުޅި ދުނިޔެވެސް މިހާރު ގަބޫލު ކުރެއެވެ. ހަނގުރާމައިގެ ހަތިޔާރަކަށް ކާބޯތަކެތި ހަދާފައިވާ ކަމަށްވެސް ގަބޫލު ކުރެއެވެ. މިއީ، ހަނގުރާމައިގެ ޖަރީމާއެއް ކަމަށްވެސް ބުނަމުން ގެންދެއެވެ.

އެހެންވެ، ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުގެ ބަޔާނުގައި، ޣައްޒާ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ މި ޖަރީމާތަކުގެ ބައިނަލްއަގްވާމީ ތަހްގީގެއް ހިންގައި، މިކަމުގައި ޒިންމާވާ އެންމެނާ ދެކޮޅަށް ދައުވާކުރުމަށް، ޣައްޒާ ސަރުކާރުން ޑިމާންޑްކޮށްފައި ވެއެވެ.

ކާބޯތަކެއްޗާއި އިންސާނީ އެހީ ހުސްވެ، ޣައްޒާއިން މިހާރު އާންމުން ބަނޑުހައިހޫނުކަމުގައި މަރުވާން ފަށާފައި ވެއެވެ.

ދުނިޔޭގެ ފުޑް ޕްރޮގްރާމުން ބުނެފައިވަނީ، ޣައްޒާގެ ގިނަ މީހުންނަށް މިހާރު ދުވާލަކު އެއްފަހަރުވެސް ކާލާނޭ އެއްޗެއް ނުލިބޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ރައީސް ޓްރަމްޕް އުފެއްދި “ބޯޑް އޮފް ޕީސް” އިފްތިތާހް ކޮށްފި

ރަމަޟާން މަހަށް ގުދުސްއާއި، އަގްސާ މިސްކިތް ޒީނަތްތެރިކުރުން މަނާކޮށް، އެތައް ބަޔަކު މިސްކިތަށް ނުވަންނަން އަންގައިފި

ޣައްޒާއިން މިއަދުވެސް 10 މީހުން ޝަހީދުކޮށްލައިފި، ގަތުލުއާންމު ނުހުއްޓޭ، އެއްބަސްވުމެއްގެ ބޭނުމެއްނެތް: ހަމާސް

2023 12 30T161109Z 1296480007 RC2S75AAAB70 RTRMADP 3 ISRAEL PALESTINIANS GAZA

ޣައްޒާއަށް އަނެއްކާވެސް ވަރުގަދަ ޙަމާލާތަކެއް ދޭނެކަމަށް ބުނެފި