ކުއްލި ޚަބަރު

ގެދޮރުވެރިޔާ ފުލެޓު އެއްބަސްވުންތަކުގައި އަންނަ ހޯމަ ދުވަހު ސޮއިކުރަން ފަށަނީ

މަސްތުވާތަކެއްޗާއެކު ފުލުހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި 

ފުލުހުންނާ މާރާމާރީ ހިންގި ދެ މީހަކު ހައްޔަރުކޮށްފި 

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން ގްލޯބަލް ދެ ޕަމްޕު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަނީ

112

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ގްލޯބަލް ދެ ޕަމްޕު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.

މި ދެ ޕަމްޕު ކައުންސިލަށް ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މަޢުލޫމާތު ސާފު ކުރުން ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވަނީ، ޖުލައި 20 ވަނަ ދުވަހުގެ 10:00 ގައި މާލެ ސިޓީ ކައުންސިލްގެ އިދާރާ ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހުގައެވެ. މި ކަމާގުޅޭ އަގު ހުށެހެޅުން އޮންނާނީ، ޖުލައި މަހުގެ 31 ވަނަ ދުވަހު 9:00 ގައި މާލެ ސިޓީ ކައުންސިލް އިދާރާ ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހުގައެވެ.

މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަދި އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ، ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން މި އަހަރުގެ ކުރީ ކޮޅު ވެސް، ކައުންސިލުން ވަނީ ދަ ގްލޯބަލް ޕަމްޕް 6ޖީއެސްޓީ ސީ މޫވްމަންގެ ނަމުން ނަން ދެވިފައިވާ ދެ ޕަމްޕު ގެނެސްފައެވެ. އަދި ކައުންސިލްގެ އެދުމުގެ މަތިން އެ ދެ ޕަމްޕު މިހާރު ބަލަހައްޓަމުން އަންނަނީ މިނިސްޓްރީ އޮފް ޑިފެންސުންނެވެ.

ކައުންސިލުން ޑިފެންސް މިނިސްޓްރީއާ ހަވާލުކުރި އެ 2 ޕަންޕަކީ ވެސް، ފެން ގަނގު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕެކެވެ. އަދި އެޕަމްފުން މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކުރެއެވެ. މި ފަހަކަށް އައިސް މާލޭގައި ފެންބޮޑުވާ މައްސަލައަށް އަންނަނީ ބޮޑުތަނުން ހައްލުވަމުންނެވެ. އެގޮތުން މާލެ ސިޓީ ކައުންސިލުން، މާލޭގެ ކާނުތައް ސާފުކުރުމަށް މިހާތާނަށް ކުރެވުނު މަސައްކަތުން 15000 އަށް ވުރެ ގިނަ ކާނު ވަނީ ސާފުކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.

މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކޮށް ނިންމުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ގަދަވަޔާއެކު މާފަންނު ޕޮލިސް ސްޓޭޝަންގެ ކުޑަދޮރެއް މަގުމައްޗަށް ވެއްޓިއްޖެ

ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފެށިތާ 75 އަހަރު ފުރުން ފާހަގަކޮށްފި

Large 174245095223f9ay

ގެދޮރުވެރިޔާ ފުލެޓު އެއްބަސްވުންތަކުގައި އަންނަ ހޯމަ ދުވަހު ސޮއިކުރަން ފަށަނީ

B 202507190344411752921881.4712

މަސްތުވާތަކެއްޗާއެކު ފުލުހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި 

ELL Mobile Advertisement TTH_advertisement