ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ފުލުހުންނާ މާރާމާރީ ހިންގި ދެ މީހަކު ހައްޔަރުކޮށްފި 

Police vcle
ފުލުހުންގެ ވެހިކަލެއް — ފޮޓޯ: ޕޮލިސް

ފުލުހުންނާ ކުރިމަތިލައި މާރާމާރީ ހިންގައި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ ކުރިމަތިލުން ހިނގީ 11:57 ހާއިރު ރޭ ލޮނުޒިޔާރަތްމަގުގައި މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ތަނަކަށް ވައްދައި އެމީހާގެ އެކައުންޓުގައި އިން 200 ރުފިޔާ ފޭރުނު މައްސަލައެއް ރިޕޯޓުކުރުމުން އެކަމަށް ޝައްކުކުރެވޭ މީހުން ތިބި ގެއަށް ފުލުހުން ވަންނަން މަސައްކަތްކުރުމުން ކަމަށެވެ.

އެމީހުން ފުލުހުންނާ ކުރިމަތިލައި މާރާމާރީ ހިންގުމުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ.

އެ މާރާމާރީގައި ފުލުހަކަށާއި ހައްޔަރުކުރި ދެމީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބުނު ކަމަށާއި އެ އެންމެނަށްވެސް ފަރުވާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ދައުރަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ލުޖޭން މުހައްމަދު (23އ) އާއި ފަރީސާ މަންޒިލް / ނ. ވެލިދޫމުހައްމަދު ޝަފީއު (55އ)، ހ ކަނޑުފިނިގެ / މާލެ އެވެ.

ފުލުހުން ބުނީ އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ،.

ފުލުހުންނަށް ހަމަލާދީ ވާޖިބު އަދާކުރުމަށް ހުރަސްއެޅި މައްސަލަ އާއި ފޭރުނު މައްސަލަ ތަހުގީގު ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

Main 20251104

މަސްތުވާތަކެއްޗާއެކު ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި

TTH_advertisement