ކުއްލި ޚަބަރު

މައްސަލަ ހައްލުކޮށް ފުވައްމުލަކު އެއާޕޯޓަށް ދަތުރުތައް ފަށައިފި

ފަލަސްތީނު ޓީމަށް ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ވަޒީރު ރާފިއު ހަމަޖައްސަވައިދެއްވައިފި

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

އާރުސީސީން ކުޑަހުވަދޫގައި ތަރައްގީކުރާ ހައުސިން ޕްރޮޖެކްޓުުގެ އަމަލީ މަސައްކަތް ފަށައިފި

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން (އާރުސީސީ) ދ. ކުޑަހުވަދޫގައި ތަރައްގީކުރާ “މާވޭރު” ހައުސިން ޕްރޮޖެކްޓުގެ ބިންގާ އިއްޔެ އަޅައިފިއެވެ.

ކުޑަހުވަދޫގައި އިއްޔެ އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ ޢަބްދުﷲ މުއްތަލިބް އެވެ. ވަޒީރުގެ އަރިހުގައި އާރުސީސީގެ ޗެއާމަން މުހައްމަދު ނާޒިމާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އަދި ކުޑަހުވަދޫ ކައުންސިލްގެ ރައީސް ޖާދުﷲ ހަމީދު ބައިވެރިވެވަޑައިގަތެވެ.

އާރުސީސީ އިން ކުޑަހުވަދޫގައި އަޅާނީ ފްލެޓްތައް ހިމެނޭ ދެ އިމާރާތެކެވެ. އެގޮތުން ދެ އިމާރާތުގައި ޖުމްލަ 160 އެޕާޓްމަންޓް ހިމެނޭނެކަމަށް އާރުސީސީ އިން ބުނެފައިވެއެވެ. “މާވޭރު” މަޝްރޫއުގައި މުޅިން ވެސް ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓެވެ. އެންމެ ކުޑަ އެޕާޓްމަންޓުގެ ސައިޒަކީ 1117 އަކަފޫޓެވެ. އަދި، އެންމެ ބޮޑު އެޕާޓްމަންޓުގެ ސައިޒަކީ 1120 އަކަފޫޓެވެ.

އާރުސީސީ އިން ބުނީ ޓަވަރުތައް ނިމޭއިރު ޕާކެއް ތަރައްގީކުރުމާއެކު ދުއްވާ އުޅަނދު ފަސޭހައިން ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަދައްވަމުން ވަޒީރު ޑރ. މުޠަލިބް ވިދާޅުވީ، ބޯހިޔާވަހިކަމުގައި ޕްރައިވެޓް ސެކްޓާ ބައިވެރިކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި، ޕްރައިވެޓް ސެކްޓާގެ ކުންފުންޏަކުން ރާއްޖޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް އެފަދަ ޕްރޮޖެކްޓެއް ހިންގުމަކީ ލިބިގެންދިޔަ ޝަރަފެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޑރ. މުއްތަލިބު ވިދާޅުވީ ކޮންމެ ފަންތިއެއްގެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުސަތުތައް ލިބޭގޮތަށް ސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން މާނަކުރަނީ، އަމިއްލައަށް ތަނެއް ގަނެވޭ ފެންވަރުގެ ތަނަވަސްކަމެއް ނެތް ފަރާތްތަކަށް ސަރުކާރުން އަޅާ ސޯޝަލް ހައުސިންގެ ތެރެއިން ފުރުސަތު ހޯދައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިއްޔެ ފެށީ 80 އެޕާޓްމަންޓް ހިމެނޭ ފުރަތަމަ އިމާރާތުގެ މަސައްކަތެވެ. އާރުސީސީން ބުނީ އަމާޒަކީ ދޮޅު އަހަރުތެރޭ އެ އިމާރާތުގެ މަސައްކަތް ނިންމުން ކަމަށެވެ. ފުރަތަމަ އިމާރާތް ނިންމުމަށްފަހު ދެވަނަ އިމާރާތުގެ މަސައްކަތް ވެސް ފަށަން ވަނީ ހަމަޖެހިފައެވެ.

ބޭންކު މެދުވެރިކޮށް ފްލެޓް ގަނެވޭ އުސޫލުގެ ދަށުން ފްލެޓްތައް ވިއްކަން ނިންމާފައިވާއިރު، މިހާރު ވެސް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އާރުސީސީން ވަނީ ބުނެފައެވެ. އެގޮތުން ޖުމްލަ 1.5 މިލިއަން ރުފިޔާއަށް ވިއްކާ އެ ފްލެޓްތަކުގެ 50 އިންސައްތަ މިހާރުވެސް ވަނީ ވިކިފައެވެ.

އާބާދީގައި 3500 މީހުން ދިރިއުޅޭ ކުޑަހުވަދޫ އަކީ އެއާޕޯޓާ އެކު އެހެނިހެން ހިދުމަތްތައް ފުޅާވެފައިވާ ރަށެވެ. އަދި، މިހާރު އެރަށުގައި އަންނަނީ ގެސްޓްހައުސްގެ ވިޔަފާރިވެސް ފުޅާވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މޯލްޑިވިއަނުން ކަމަދޫއަށް ސީޕްލޭން ދަތުރުތައް މި މަހު ފަށަނީ

Thulhaadhoo

ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

Maldivian

މައްސަލަ ހައްލުކޮށް ފުވައްމުލަކު އެއާޕޯޓަށް ދަތުރުތައް ފަށައިފި

ހިޔާގައި ލިފްޓް ހަރުކުރުމުގެ %66 މަސައްކަތް ނިމިއްޖެ

ELL Mobile Advertisement TTH_advertisement