ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ހަމާސްއާ ވާހަކަ ދެއްކުން ހުއްޓާލައި، ޣައްޒާ ހިފުމުގެ މަސައްކަތް ފުރިހަމަ ކުރުމަށް ބެން-ގްވީރް، ނަތަންޔާހޫއަށް ގޮވާލައިފި

“ހަމަބުއްދިއަށް އައިސް” ހަމާސްއާ އެކު ބާއްވަމުން އަންނަ ހަމަލާތައް ހުއްޓާލުމުގެ ވާހަކަތަކުން ވަކިވުމަށް، އިސްރާއީލުގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ އިތަމަރ ބެން-ގްރީވް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގޮވާލައިފިއެވެ.

ބެން-ގްވީރް މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، “ޓެރަރިސްޓުންނާއެކު” ދައްކަމުން އަންނަ ވާހަކަތައް ހުއްޓާލަން އަދި ލަސް ނޫން ކަމަށެވެ.

އޭނާގެ ބަޔާކުގައި ނަތަންޔާހޫއަށް ގޮވާލާފައިވަނީ، ހަނގުރާމައިން އިސްރާއީލު ހާސިލްކުރަން ބޭނުންވާ މަގްސަދުތައް ހާސިލް ކުރުމަށް ބޭނުންވާ އިރުޝާދުތައް ދިނުމަށެވެ.

އަދި ބިންތައް އިސްތިއުމާރުކުރުމުގެ މަސައްކަތާއި، މީހުން ބޭރުކުރުމާއި، ޣައްޒާގައި އާބާދީތައް ހެދުމުގެ މަސައްކަތް ފުރިހަމަކޮށް ނިންމާލަ ދިނުމަށްވެސް ގޮވާލާފައި ވެއެވެ.

ގަތަރުގެ ދޯހާގައި މިހާރު ކުރިއަށްދާ ވާހަކަތަކުގައި ބަހުސްކުރަމުންދާ މައްސަލައަކާމެދު ބެން-ގްވީރް ވަނީ ހިތްހަމަ ނުޖެހިފައެވެ. އެއީ، ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްއާއި، ރަފަހް ވަކިކުރާގޮތަށް އިސްރާއީލު ސިފައިން ހެދި މޯރަގް ކޮރިޑޯ ދޫކޮށް އިސްރާއީލު ސިފައިން ދާންޖެހިދާނެތީއެވެ.

ބެން-ގްވީރް ބުނަނީ، މޮރަގް ކޯރިޑޯއަކީ އިސްރާއީލުގެ އެތައް ސިފައިންނެއްގެ ލޭ އޮހޮރުވައިގެން ހެދުނު ތަނެއް ކަމަށާއި،  އެ ސަރަހައްދު ދޫކޮށް ސިފައިން ފަހަތަށް ޖެހެން ޖެހުމަކީ، އެ ސިފައިންގެ މޫނުމައްޗަށް ކުޅުޖެހުންފަދަ ކަމެއް ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަން މީގެކުރިން ދެކެވެވުނު ވާހަކަތަކާވެސް، ބެން-ގްވީރް ވަނީ ދެކޮޅު ހަދާފައެވެ. ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް ޖެނުއަރީމަހު އެއްބަސްވުމެއް ހެދުމުން އޭނާވަނީ ނަތަންޔާހޫގެ ސަރުކާރުން އިސްތިއުފާވެސް ދީފައެވެ.

އިތަމަރ ބެން-ގްރީވް، އެނބުރި ސަރުކާރާ ގުޅި، ކުރިން ހުރި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރުކަމާ ހަވާލުވީ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ނިމި، ދެވަނަ އަދި ތިންވަނަ ފިޔަވައްސަކަށް ނުގޮސް، ނަތަންޔާހޫގެ އަމުތަށް އަލުން ހަމަލާތައް ފެށުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

M Mainaa
Avasgothakun nubai hithpevimakun meenaage maru hithpavaandhauve. Aameen.

ގުޅުންހުރި

ޣައްޒާގައި މިހާރު ހައިހޫނުކަމުގެ އާންމު ހާލަތެއް ނެތްކަމަށް، މޮނިޓަރިންގ ގްރޫޕުން ބުނެފި

މޫސުން ގޯސްވެ ޣައްޒާއިން އިމާރާތެއް ވެއްޓި 17 މީހުން މަރުވެއްޖެ

ޣައްޒާ ފެނުއަޑީގައި އޮތްއިރުވެސް އާންމުން ބަނޑަށްޖެއްސުމަށް އިސްރާއީލުން މަސައްކަތް ކުރަނީ

ޔަހޫދީންނާމެދު ނަފްރަތު ފެތުރެނީ ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމުން: ނަތަންޔާހޫ

TTH_advertisement