ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމާޒަކީ ކްރިއޭޓިވް އިންޑަސްޓްރީތަކުން މަދުވެގެން ޖީޑީޕީގެ 15 ޕަސަންޓު ހިއްސާކުރުން: ރައީސް 

Whatsapp image 2025 07 17 at 21.40.18

މި ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރުގެ ކުރިން ކްރިއޭޓިވް އިންޑަސްޓްރީތަކުން މަދުވެގެން ޖީޑީޕީގެ 15 ޕަސަންޓު ހިއްސާކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖެ-ޔޫކޭ ބިޒްނަސް ފޯރަމްގައި ތަގުރީރުކުރައްވަމުން ވިދާޅުވީ ޑިޖިޓަލް ކޮންޓެންޓް، ޑިޒައިން، މީޑިއާ، ގޭމިން، ސަގާފީ ވިޔަފާރިތަކާއި އާޓްސް ހިމެނޭ ކްރިއޭޓިވް ދާއިރާއަކީ ރާއްޖޭގެ ކުރިއެރުމަށް މުހިންމު އިންޖީނެއް ކަމަށެވެ.

އަމާޒަކީ 2030 އަށް ކްރިއޭޓިވް އިންޑަސްޓްރީތަކުން ޖީޑީޕީގެ މަދުވެގެން 15 ޕަސަންޓު ހިއްސާކުރުން ކަމަށާއި ޒުވާން، ޓެކްނޮލޮޖީއަށް އަހުލުވެރި އާބާދީއަކާއި އަވަސް ދުވެލީގައި ކުރިއަރަމުންދާ ޑިޖިޓަލް އިންފްރާސްޓްރަކްޗާއާއެކު، ދިވެހިންގެ ހުނަރުވެރިކަމާއި ދުނިޔޭގެ ކްރިއޭޓިވް ބައިވެރިވުންތައް ކުރިއެރުވުމަށް ބިންގާ އަޅަމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ކްރިއޭޓިވް މުއައްސަސާތަކާއި، ޑިޖިޓަލް ސްޓާޓްއަޕްތަކާއި، ޑިޒައިން ކުންފުނިތަކާއި، މީޑިއާ ވިޔަފާރިތަކަށް، ދިވެހިންނާއެކުގައި ގުޅިގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށާއި، ޕްލެޓްފޯމްތަކުގައި އިންވެސްޓްކުރުމަށް ނުވަތަ ޒުވާނުންގެ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ދައުވަތު އަރުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް