ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ގޫގްލް އެކައުންޓުތައް ހެކްކުރާތީ ސަމާލުވާން ފުލުހުންގެ އިލްތިމާސްކޮށްފި

ސްކާމް ލިންކެއް ފޮނުވައިގެން އެ ލިންކު ހުޅުވާ މީހުންގެ ގޫގްލް އެކައުންޓުތައް ހެކްކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ ހިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

އެ ސެންޓަރުން މައުލޫމާތު ދިން ގޮތުގައި ފޮނުވަމުންދާ މި ލިންކަކީ ގެދޮރުވެރިޔަ ޕޯޓަލަށް ވަނުމަށް ބޭނުންކުރާ ލިންކެއް ކަމަށް ބުނެ ފޮނުވާ ލިންކެކެވެ. އެ ލިންކު ހުޅުވުމުން ގޫގްލް އެކައުންޓަަށް ވަނުމަށް އިރުޝާދު ދެއެވެ. އެ ސެންޓަރުން ބުނީ އެ އިރުޝާދާ އެއްގޮތަށް ގޫގުލް އެކައުންޓުގެ ޕާސްވޯޑު ބޭނުންކޮށްފިނަމަ ސްކޭމު ހިންގާ މީހުންނަށް އެ ޕާސްވޯޑު ލިބޭނެއެވެ.

މިފަދަަ ސްކޭމުތަކުން ސަލާމަތްވުމަށްޓަކައި ޓޫ ފެކްޓަރ އޯތެންޓިކޭޝަން ބޭނުންކުރުމަށް އެ ސެންޓަރުން ނަސޭހަތްތެރިވެފައިވެއެވެ.
އިތުރަށް އެ ސެންޓަރުން ފާހަގަކުރީ ގެދޮރުވެރިޔާ ޕޯޓަލްއަށް ވަނުމަށް ލިންކެއް ނުފޮނުވާނެކަމާއި، އެ ޕޯޓަލަކީ އީ-ފާސް މެދުވެރިކޮށް ވަންނަ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލަކަށްވާތީ އެ ޕޯޓަލަށް ވަނުމަށް ގޫގުލް އެކައުންޓު ބޭނުންކުރަންނުޖެހޭ ކަމެވެ.

އިތުރަށް އެ ސެންޓަރުން އެދުނީ އެފަދަ ލިންކެއް އެއްވެސް މީހެއްގެ ފޯނަށް އަތުވެއްޖެނަމަ އެކަން 911 ނަންބަރަށް ގުޅައި ރިޕޯޓުކުރުމަށެވެ.
ފޮޓޯތަކެއް ހުރިކަމަށް ބުނެ ފިޝިން ލިންކެއް ފޮނުވައިގެން މީހުންގެ ޓެލެގްރާމް ހެކްކުރަމުންދާކަން ފާހަގަކުރެވިގެން އެކަމަށް ސަމާލުވެ، އެފަދަ ގޮތް ނޭނގޭ ލިންކުތައް ނުހުޅުވުމަށް ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

ޓެލެގުރާމު ހެކްކުރުމަށް ބޭނުންކުރާ ލިންކު އަންނަނީ ކޮންޓެކްޓުގައި ހިމެނޭ މީހެއްގެ ނަންބަރުންނެވެ. އެއަށްފަހު ލިންކަށް ފިތައިލުމުން ފޯނު ނަންބަރު ހިއްސާކުރަން އިރުޝާދު ދެއެވެ. ނަންބަރު ހިއްސާކުރުމުން އޯޓީޕީއެއް ފޮނުވައެވެ. އަދި އެ އޯޓީޕީ ޖެހުމާއެކު ހެކަރުންނަށް ޓެލެގްރާމް އެކައުންޓަށް ވަދެވި ކޮންޓުރޯލު ލިބެއެވެ.

އެއަށްފަހު އަލަށް ހެކްކުރި އެކައުންޓު ބޭނުންކޮށްގެން އެހެން މީހުންނަށް ފިޝިން ލިންކު ފޮނުވަން ފަށައެވެ. މިކަމުން ސަލާމަތްވުމަށް ޓެލެގްރާމްގައި ދެ ފިޔަވަޅުން ވެރިފިކޭޝަން ހަދާގޮތަށް ސެޓިން ހަމަޖެއްސުމަށް ފުލުހުންވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

Main 20251104

މަސްތުވާތަކެއްޗާއެކު ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި

TTH_advertisement