ކުއްލި ޚަބަރު

އުމްރާއަށް ގެންދަން ފައިސާ އާއި ޕާސްޕޯޓު އަތުލުމަށްފަހު، ކުންފުނީގެ ވެރިން ފިލި މައްސަލައެއް 

އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސްގެ ސްޕީކާ ރައީސް މުއިއްޒާ ބައްދަލުކުރައްވައިފި

ފޯޅައްވައްސަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ސަފީރު ވިދާޅެއް ނުވޭ: ޚާރިޖީ ވަޒީރު

ރާއްޖޭގެ ވޮލީ ދެ ޓީމަށް އެފްއައިވީބީ ވޯލްޑް ކޮލިފިކޭޝަނުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި ވާދަކުރާ ރާއްޖޭގެ ދެ ޓީމަށް އެފްއައިވީބީ ވޯލްޑް ކޮލިފިކޭޝަނުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ކާވާ އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މުބާރާތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ލަތީފް ވިދާޅުވީ މިމުބާރާތަކީ އެފްއައިވީބީ ވޯލްޑް ކޮލިފިކޭޝަނަށް ހުޅުވިފައިވާ ދޮރެއްކަމަށާ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އޭވީސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި އެމުބާރާތުގެ އެއްވަނަ ޓީމަށް ވޮލީގެ އެންމެ ބޮޑު މުބާރާތްކަމަށްވާ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕުން ޖާގައެއް ޔަގީންވެގެންދާނެކަމަށް ލަތީފްވަނީ ހާމަކުރައްވާފައެވެ.

“މިމުބާރާތަކީ ކާވާގެ ތާރީޚުގައިވެސް ވަރަށް މުހިންމު މުބާރާތެއް. މިމުބާރާތް މުހިންމުވެގެން މިދާ ސަބަބަކީ އެފްއައިވީބީ ވޯލްޑް ކޮލިފިކޭޝަންއަށް ކޮލިފިކޭޓިން ޕާތުވޭއެއްގެ ގޮތުގައި މިމުބާރާތް ހިމެނިގެންދާތީ. އެހެންވީމާ މި ކާވާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޓީމު މިކޮލިފައިވަނީ އޭވީސީ ޗެމްޕިއަންސް ލީގަށް. އަދި އޭވީސީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމެއް އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕަށް މި ކޮލިފައިވަނީ. އެހެންވީމަ މިމުބާރާތުގެ މުހިންމުކަން އެނގިގެން މިދަނީ” ލަތީފް

އެހެންކަމުން މިމުބާރާތުން ޖާގަ ހޯދާފައިވާ ދިވެހި ދެޓީމުކަމަށްވާ ދިވެހި ސިފައިންގެ ކުލަބާ އެޗްޑީސީއަށްވެސް އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕުން ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު ހުޅުވިފަވާކަމަށް ލަތީފް ހާމަކުރެއްވިއެވެ. ލަތީފް ވިދާޅުވީ ދިވެހި ދެޓީމުންވެސް މިމުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ހަތަރު ޓީމެއް ވާދަކުރާނެއެވެ. އެއީ ނޭޕާލް، ސްރީލަންކާ، ކިރިގިސްތާނުގެ އިތުރުން ކަޒަކިސްތާނެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ވަރުގަދަ ޓީމުތަކެއްކަމަށާ ވަކިން ޚާއްސަކޮށް ކަޒަކިސްތާނުން ދައްކަމުން އަންނަ ކުޅުން ތަފާތުކަމަށް ލަތީފްވަނީ ވިދާޅުވެފައެވެ.

މިމަހުގެ 17 އިން 23 އަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ ކުލަބު ޗެމްޕިންޝިޕުގެ ދެވަނަ ސީރީޒްއެވެ. މިދިޔަ އަހަރު މިމުބާރާތް ނޭޕާލުގައި ކުރިއަށް ގެންގޮސްފަވާއިރު، ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ނަމުގައި މިމުބާރާތް ބާއްވާ މިއީ ފުރަތަމަ އަހަރެވެ.

ހަ ދުވަހުގެ މުއްދަތަށް ސޯޝަލް ސެންޓަރުގެ އެތެރޭ ހޯލުގައި ކުރިއަށްދާ މިމުބާރާތުގައި ވާދަކުރާ ޓީމުތައް ރާއްޖެ އައުމަށްފަހު މިހާރުވަނީ ފަރިތަކުރުންތައް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަރީމްބެއަކީ އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންނެވި ނަމޫނާ ޝަޚުޞިއްޔަތެއް: ރައީސް

މަވައްދަތު ސިލްސިލާގެ ހަތަރު ވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ: މަޢުޟޫޢުއަކީ ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް

ގޫގްލް އެކައުންޓުތައް ހެކްކުރާތީ ސަމާލުވާން ފުލުހުންގެ އިލްތިމާސްކޮށްފި

ސީރިއާ ބައިބައިކޮށްލަން އިސްރާއީލުން ކުރާ މަސައްކަތް ކާމިޔާބުވިޔަކަ ނުދޭނަން: ސީރިއާގެ ވަގުތީ ރައީސް އައްޝަރާއާ

TTH_advertisement ELL Mobile Advertisement