ކުއްލި ޚަބަރު

މައްސަލަ ހައްލުކޮށް ފުވައްމުލަކު އެއާޕޯޓަށް ދަތުރުތައް ފަށައިފި

ފަލަސްތީނު ޓީމަށް ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ވަޒީރު ރާފިއު ހަމަޖައްސަވައިދެއްވައިފި

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

އެމްޑީޕީއަށް ވެރިކަން ލިބުނު ދެ ފަހަރުވެސް ޢަމަލު ކުރީ ދިވެހީންނަށް ނިކަމެތި ވާނެ ގޮތަށް: މަތީން

matheen

އިދިކޮޅު އެމްޑީޕީގެ ވިސްނުމަކީ ރާއްޖޭގައި އެއާޕޯޓް އަޅާ ހިންގޭނީ ވެސް ބޭރު މީހުންނަށް ކަމަށާ ދިވެހީންނަށް އެފަދަ ކަންކަން ކުރެވޭނެ ކަމަށް އެ ޕާޓީގެ ވިސްނުމުގައިވެސް ނެތް ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެ އެވެ.

މަތީން މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަތީން ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުނު ދެ ފަހަރުވެސް ޢަމަލު ކުރީ ދިވެހީންނަށް ނިކަމެތި ވާނެ ގޮތަށް ކަމަށެވެ. އެމްޑީޕީން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ބޭރުގެ ބަޔަކަށް ވިއްކާލި ކަމަށާ އަދި އެއާޕޯޓް ތަރައްޤީ ކުރުމަށް ހަޤީޤީ މާނާގައި އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށެވެ.

އެވަރުގެ ބަޔަކު މިއަދު ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލްގެ މިލްކުވެރިކަމަށް ދަޢުވާ ކުރާތީ ހައިރާންވާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އާ ޓާމިނަލްގެ މިލްކުވެރިކަމަށް ދަޢުވާ ކުރުމުގެ އެއްވެސް ހައިސިއްޔަތެެއް އެމްޑީޕީއަށް ނޯންނާނެ ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގެ ދެވަނަ ދަައުރުގައި ވެސް އެއާޕޯޓްގެ ތަރައްޤީއަށް ހަޤީޤީ އެއްވެސް މަސައްކަތެއް ކުރެެވިފައި ނެތް ކަމަށާ އޭގެ ކުރީން އޮތް ވެރިކަމުގައި ފެށި އެއާޕޯޓް ތަރައްޤީގެ މަޝްރޫއު ނިންމައިވެސް ނުލެވުނު ކަމަށެވެ. އެއާޕޯޓްގެ ތަރައްޤީގެ މަސައްކަތް ފެށީވެސް އަދި މިއަދު ނިންމާލާ ހުޅުވަނީވެސް ތަރައްޤީގެ ފިކުރުގެ ވެރިކަމުގައި ކަމަށް ވިދާޅުވި އެވެ.

“އެެހެންވީމަ އެ ބޭފުޅުން ރަގަޅުވާނެ މެމޮރީ އިތުރަށް ރިފްރެސް ކޮށްލަން. ކުރަން ވަން އުޅުނު ކަމަކާ މިހާރު އެތަނަށް ވެފައި އޮތް ގޮތަކާ ވިސްނާލަން,” މަތީން

މަތީން ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ ރާއްޖޭގައި އެއާޕޯޓް އަޅާ ހިންގޭނީ ވެސް ބޭރު މީހުންނަށް ކަމަށާ ދިވެހީންނަށް އެފަދަ ކަންކަން ކުރެވޭނެ ކަމަށް އެ ޕާޓީގެ ވިސްނުމުގައިވެސް ނެތް ކަމަށެވެ. ނަމަވެސް ތަރައްޤީގެ ފިކުރުން އައިސް މިއަދު ކުރި މަސައްކަތުން ދިވެހީން ތަރައްޤީ ކޮށްފައިވާ ދިވެހީންގެ އެއާޕޯޓެއްގެ އާ ޓާމިނަލް ހުޅުވި ޚިދުމަތަށް ތައްޔާރުވެފައިވާ ކަމަށެވެ.

އަދި އެއާޕޯޓް ހިންގާ ދެން ވެސް އިތުރަށް ތަރައްޤީ ކުރާނީ ރައީސް މުއިޒް ކަމަށް މަތީން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މޯލްޑިވިއަނުން ކަމަދޫއަށް ސީޕްލޭން ދަތުރުތައް މި މަހު ފަށަނީ

Thulhaadhoo

ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

Maldivian

މައްސަލަ ހައްލުކޮށް ފުވައްމުލަކު އެއާޕޯޓަށް ދަތުރުތައް ފަށައިފި

ހިޔާގައި ލިފްޓް ހަރުކުރުމުގެ %66 މަސައްކަތް ނިމިއްޖެ

TTH_advertisement ELL Mobile Advertisement