ސްކޫލް ބަންދާއި ދިމާކޮށް ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ރާއްޖޭގެ މަންޒިލްތަކުގެ އިތުރުން އިންޑިއާއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.
މޯލްޑިވިއަނުން ވިދާޅުވީ، އެއެއަރލައިނުން އިތުރު ދަތުރުތައް ބޭއްވުމަށް ނިންމާފައިވަނީ ސްކޫލް ބަންދާއި ދިމާކޮށް ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމަށްކަމަށެވެ.
ކޮންމެ އަހަރަކުވެސް ސްކޫލް ބަންދާއި ދިމާކޮށް ރާއްޖެއިން ބޭރުގެ އިތުރުން ރާއްޖެތެރޭގެ އުދުހުންތަކަށް އޮންނަ ޑިމާންޑަށް ބެލުމަށްފަހު މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތަކަށް އިތުރު ދަތުރުތައް ބާއްވަމުންދެއެވެ. އެގޮތުން މި އަހަރުވެސް އެއެއަރލައިނުން 16 ރަށަކާއި އިންޑިއާގެ 2 ސިޓީއަކަށް ދަތުރުތައް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މި ހިންގާ ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން މިއަންނަ އޮގަސްޓް މަހުގެ 9 ވަނަ ދުވަހާއި ހަމައަށެވެ.
މޯލްޑިވިއަންއިން އެތެރޭގެ ދަތުރުތައް އިތުރުކޮށްފައިވާ ގޮތުގެ ތާވަލު
• 22 ޖުލައި – އިފުރު
• 23 ޖުލައި – ކުޅުދުއްފުށި ސިޓީ، ހޯރަފުށި، ކޫއްޑޫ، މާފަރު، ފުވައްމުލަކު ސިޓީ
• 24 ޖުލައި – ގަން، ކާޑެއްދޫ، ފުވައްމުލަކު ސިޓީ، ކައްދޫ، ހަނިމާދޫ، މާފަރު، ކުޅުދުއްފުށި ސިޓީ
• 25 ޖުލައި – ގަން، ފުވައްމުލަކު ސިޓީ، ކާޑެއްދޫ، ކައްދޫ، ތިމަރަފުށި، ދަރަވަންދޫ، ފުނަދޫ، ކުޅުދުއްފުށި ސިޓީ، މާވަރުލު
• 26 ޖުލައި – ގަން، ފުވައްމުލަކު ސިޓީ، ކާޑެއްދޫ، ދަރަވަންދޫ، ކުޅުދުއްފުށި ސިޓީ، އިފުރު، ހޯރަފުށި، ފަރެސްމާތޮޑާ
• 27 ޖުލައި – ހޯރަފުށި، ދަރަވަންދޫ، އިފުރު، ފުނަދޫ، ކައްދޫ، ކުޅުދުއްފުށި ސިޓީ، މާވަރުލު
• 28 ޖުލައި – ކައްދޫ، މާފަރު، ދަރަވަންދޫ، ހަނިމާދޫ، ކޫއްޑޫ، އިފުރު
• 29 ޖުލައި – ގަން
• 31 ޖުލައި – ފުވައްމުލަކު ސިޓީ، ކުޅުއްދުފުށި ސިޓީ
• 1 އޮގަސްޓް – ގަން، ފުވައްމުލަކު ސިޓީ، ކާޑެއްދޫ، ކައްދޫ، ތިމަރަފުށި، ފުނަދޫ، ދަރަވަންދޫ، ކުޅުދުއްފުށި ސިޓީ، މާވަރުލު
• 3 އޮގަސްޓް – ކޫއްޑޫ
• 4 އޮގަސްޓް – ފަރެސްމާތޮޑާ
• 5 އޮގަސްޓް – މާވަރުލު
• 6 އޮގަސްޓް – ހޯރަފުށި، ފުވައްމުލަކު ސިޓީ
• 7 އޮގަސްޓް – ގަން، ފުވައްމުލަކު ސިޓީ، ކައްދޫ، ތިމަރަފުށި، ފުނަދޫ، ކުޅުދުއްފުށި ސިޓީ، މާވަރުލު
• 8 އޮގަސްޓް – ގަން، ފުވައްމުލަކު ސިޓީ، ކާޑެއްދޫ، ކޫއްޑޫ، ހޯރަފުށި، ފަރެސްމާތޮޑާ
• 9 އޮގަސްޓް – ގަން، ފުވައްމުލަކު، ކައްދޫ، ދަރަވަންދޫ، މާފަރު، ކުޅުދުއްފުށި ސިޓީ، މާވަރުލު
މޯލްޑިވިއަންއިން އިންޑިއާއަށް ކުރާ ދަތުރުތައް އިތުރުކޮށްފައިވާ ގޮތުގެ ތާވަލު
• 25 ޖުލައި – ޓްރިވެންޑްރަމް، ކޮޗިން
• 27 ޖުލައި – ކޮޗިން
• 30 ޖުލައި – ޓްރިވެންޑްރަމް
• 3 އޮގަސްޓް – ކޮޗިން
• 8 އޮގަސްޓް – ޓްރިވެންޑްރަމް، ކޮޗިން
• 10 އޮގަސްޓް – ޓްރިވެންޑްރަމް، ކޮޗިން
މޯލްޑިވިއަނުން މިދަތުރުތައް އިތުރުކުރުމަށް ނިންމާފައި ވަނީ ސްކޫލް ބަންދާއި ދިމާކޮށް ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގެ އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުން އިތުރުވާނެތީއެވެ. މީގެކުރިން އެހެން ބަންދުތަކާއި ދިމާކޮށްވެސް މިގޮތަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފައިވެއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓެއް ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާބޯޓަކާއި، ޑޭޝް 8 މަރުކާގެ 8 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު