ކުއްލި ޚަބަރު

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

ބްރޯޑްކޮމްއިން ޗައިނާގެ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ޗައިނާގެ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަން އާ ދެމެދު ތާރީޚީ އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ. މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް އަލްފާޟިލާ ޞަފާ ޝަފީޤެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަން މިނިސްޓަރ ސާއޯ ޝޮމިންއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މި އެއްބަސްވުމަކީ ބްރޯޑްކާސްޓިންގ އަދި އޯޑިއޯ-ވިޝުއަލް ދާއިރާގައި ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި ވެވިފައިވާ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުން އަންނަނިވި ކަންތައްތަކުގައި އެއްބާރުލުން ދޭގޮތަށް ވަނީ އެއްބަސްވެފައެވެ:

ބްރޯޑްކާސްޓިންގ އަދި އޯޑިއޯ-ވިޝުއަލް ދާއިރާގެ ހިންގުމާއި ރެގިއުލޭޓަރީ ސިޔާސަތުތަކާކާ ގުޅޭގޮތުން މަޝްވަރާކުރުން.
ދެ ޤައުމުގެ ތާރީޚާއި ޘަޤާފީ ވަސީލަތްތައް ދިރާސާކުރުން.
ޓީވީ ސީރީޒް، އެނިމޭޝަން، ޑޮކިއުމެންޓަރީ ފަދަ އެކި ބާވަތުގެ އޯޑިއޯ-ވިޝުއަލް ޕްރޮގްރާމްތައް އުފެއްދުމުގައި ޓީވީ ސްޓޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
ދެ ޤައުމުގެ ބްރޯޑރޯޑްކާސްޓަރުންނާއި އޯޑިއޯ-ވިޝުއަލް އަދި އައު މީޑިއާ ސްޓޭޝަންތަކަށް ދާއިރާއިން އެހީތެރިވެދިނުން.
ބްރޯޑްކާސްޓިންގ އަދި އޮންލައިން އޯޑިއޯ-ވިޝުއަލް ޓެކްނޮލޮޖީއާއި، ބްރޯޑްކާސްޓިންގ ޞިނާޢަތަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
މީގެ އިތުރުން، މީޑިއާ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އަންނަނިވި ދާއިރާތަކުން ތަމްރީނު ޕްރޮގްރާމްތައް އެކުގައި ރާވައި ހިންގުމަށްވެސް ވަނީ އެއްބަސްވެފައެވެ:

މަސްނޫޢީ ތޫނުފިކުރު (އާޓިފިޝަލް އިންޓެލިޖެންސް)
އޯޑިއޯ-ވިޝުއަލް މީޑިއާ މެނޭޖްމަންޓް
ޓެކްނޮލޮޖީ
ކޮންޓެންޓް އުފެއްދުން
މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ޗައިނާގެ ޝާންޒީ ޕްރޮވިންސްގެ ޒިއާންގައި ކުރި ކުރިއަށްދާ “ޓެލެވިޜަން ފެސްޓިވަލް” ގެ ތެރެއިންނެވެ. މި ފެސްޓިވަލް ކުރިއަށްދާނީ މި މަހުގެ 15 އިން 17 އަށެވެ.

ޓެލެވިޜަން ފެސްޓިވަލްގެ މައިގަނައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ:

ބްރޯޑްކާސްޓިންގ، ޓެލެވިޜަން އަދި އޮންލައިން އޯޑިއޯ-ވިޝުއަލް ދާއިރާތަކުގައި ސިޔާސަތުތައް ވިލަރެސްކުރުން

މަޢުލޫމާތު ބަދަލުކުރުން
ސިނާޢީ-ޓެކްނޮލޮޖީގެ އެއްބާރުލުން އިތުރުކުރުން
އެސްސީއޯގެ ކުރިމަގު ޙިއްޞާކުރާ ގާތް މުޖުތަމަޢެއް އުފެއްދުން
މި އެއްބަސްވުމަކީ ދިވެހިރާއްޖެއާއި ޗައިނާގެ މެދުގައި މީޑިއާ ދާއިރާގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ ބްރޯޑްކާސްޓިންގ އަދި އޯޑިއޯ-ވިޝުއަލް ދާއިރާ ކުރިއެރުވުމަށް މަގުފަހިކޮށްދޭނެ މުހިންމު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ޓެކްނޮލޮޖީ، ތަޖުރިބާ އަދި ހުނަރު ޙިއްޞާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މި އެއްބާރުލުމުގެ ސަބަބުން ދިވެހިރާއްޖޭގެ މީޑިއާ ދާއިރާއަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށް އުންމީދުކުރެވެއެވެ. ޚާއްޞަކޮށް ޒަމާނީ ޓެކްނޮލޮޖީއާއި އައު އުފެއްދުންތެރި ގޮތްތައް ބޭނުންކޮށްގެން ފެންވަރު ރަނގަޅު ކޮންޓެންޓް އުފެއްދުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

މި އެއްބަސްވުމަކީ ދެ ޤައުމުގެ މެދުގައި އޮތް ރަޙްމަތްތެރިކަމާއި އެކުވެރިކަން އިތުރަށް ބަދަހިކޮށް، ޘަޤާފީ ގުޅުން ވަރުގަދަކުރުމަށް މަގުފަހިކޮށްދޭނެ ފިޔަވަޅެއްކަމުގައިވެސް ފާހަގަކުރެވެއެވެ. މީޑިއާގެ ޒަރީޢާއިން ދެ ޤައުމުގެ ތާރީޚާއި ސަގާފަތް އެއް ޤައުމުން އަނެއް ޤައުމަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

112

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

66

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

11

އޭވިއޭޝަން ދާއިރާ ހަރުދަނާކުރަން ރާއްޖެ އާއި އިންޑިއާ އިން މަޝްވަރާކޮށްފި

ELL Mobile Advertisement TTH_advertisement