ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

އެމްއެމްޕީއާރުސީއަށް ފުރަތަމަ ފަހަރަށް 27 މިލިޔަން ރުފިޔާގެ ފައިދާއެއް

ފާއިތުވެދިޔަ 4 އަހަރު ތެރޭގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ފައިދާވެއްޖެއެވެ. މިގޮތައް ހާމަކޮށްފައިވަނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.

އެމްއެމްޕީއާރުސީގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވާއިރު ކުންފުންޏަށް ލިބޭ ފައިދާ އިތުރުކުރުމާއި ސްޓްރެޓެޖިކް އިސްލާހުތަކެއް ގެނައުމަށް މަޝްވަރާކޮށްފައިވެއެވެ.

މިދިޔަ އަހަރު އެމްއެމްޕީއާރުސީއަށް 27،490،370 ރުފިޔާގެ ފައިދާއެއް ރެކޯޑްކޮށްފައިވެއެވެ. މިއީ ފާއިތުވެދިޔަ 4 އަހަރު ތެރޭގައި އެ ކޯޕަރޭޝަނަށް ފައިދާވި ފުރަތަމަ އަހަރެވެ.

2023 ވަނަ އަހަރު އެމްއެމްޕީއާރުސީއިން ވަނީ 17،997،662 ރުފިޔާގެ ގެއްލުމެއް ރިޕޯޓުކޮށްފައެވެ. މި ބަދަލަކީ ކޯޕަރޭޝަން ހިންގާ ގޮތަށް ބޮޑު ބަދަލެއް ގެނެސްފައިވާކަމުގެ އިޝާރާތެއްކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ވޭތުވެދިޔަ އަހަރުގެތެރޭގައި އެމްއެމްޕީއާރުސީއިން ވަނީ މާލީ ހާލަތު ރަނގަޅުކުރުމަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. މިގޮތުން ރިކަރެންޓް އޮޕަރޭޝަނަލް ހަރަދުތައް %10 މަދުކޮށްފައިވާކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރައްވައެވެ.

ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަޝިޕްތަކުގެ ޕާފޯމަންސް ބޭސްޑް އޮޑިޓެއްގެ ސަބަބުން 21 އިދާރާއިން އެންމެ 6 އިދާރާއަށް ސްޓްރެޓެޖިކް ގޮތެއްގައި ދަށްކޮށް، ކޯޕަރޭޝަނަށް 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވިފައިވެއެވެ. އަދި ކުރިން ޖުމްލަ މާކެޓިން ބަޖެޓުގެ %80 އާ ގާތްކުރާ އަދަދަކަށް ބޭނުންކުރި ބައިނަލްއަގްވާމީ ޓްރޭޑް ޝޯތަކާއި މައުރަޒުތަކުގައި ބައިވެރިވުމަށް ކޯޕަރޭޝަނުން ގެންގުޅުނު އުސޫލު ވަނީ އަލުން އެކުލަވާލާފައެވެ. އެ އަދަދު މިހާރު ހުރީ %34 ގައިކަމަށް އެމްއެމްޕީއާރުސީއިން ވިދާޅުވެއެވެ.

ބޮޑު އިވެންޓުތަކުން އެވްރެޖްކޮށް 2 މިލިޔަން ރުފިޔާ ސަލާމަތް ކޮށްފައިވާކަމަށް ވިދާޅުވިއެވެ. މި އަދަދު ކުޑަކޮށްފައިވީ ނަމަވެސް، ސިނާއަތުގެ ބައިވެރިވުމާއި ބައިނަލްއަގްވާމީ ގޮތުން ފެންނަން ހުރި މިންވަރު ވަރުގަދަވެ، ރަނގަޅު ފީޑްބެކްތަކެއް ލިބެމުންދެއެވެ.

ޑެސްޓިނޭޝަން މާކެޓިންގައި 21 އަށް ވުރެ ގިނަ އެކްޓިވް ގްލޯބަލް ކެމްޕޭން ހިންގަމުންދާކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ގަދަ 10 މާކެޓަކުން ވެސް މިދިޔަ އަހަރާ އަޅާބަލާއިރު ރަނގަޅު ކުރިއެރުމެއް ލިބިފައިވާކަމަށް އެ ކޯޕަރެޝަނުން ވިދާޅުވިއެވެ. 2023 ވަނަ އަހަރު 39 އިންސައްތަ ދަށަށް ދިޔަ އިންޑިއާ ވަނީ މިއަހަރު 4 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. ރަޝިއާ، އިނގިރޭސިވިލާތް، ޗައިނާ އަދި އެހެނިހެން މުހިންމު މާކެޓުތަކުން ވެސް ކުރިއެރުން ލިބިފައިވާކަމަށް އެމްއެމްޕީއާރުސީއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PG

އެމްއެމްޕީއާރުސީ ޚިޔާނާތުގެ އިތުރު މައްސަލައެއްގެ ތަޙުޤީޤު ނިންމައިފި

Vffff

ލިވަޕޫލްގެ ސީނިއާ ޓީމުގެ ވަފުދެއް ރާއްޖެ އަތުވެއްޖެ

އެެމްއެމްޕީއާރުސީއާ ޓްރެވަލްބޭގް ގުޅިގެން، ޔޫކޭގައި ރާއްޖެ ޕްރޮމޯޓްކުރަން ފަށައިފި

396855 646eeba8 5

އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

TTH_advertisement